މާރެސް ވޮލީ މުބާރާތަށް ފުރުސަތު ހުޅުވާލައިފި

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (މާރެސް) އިން  ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އަތޮޅު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާރެސް ޖަމިއްޔާއިން ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވާ މިއަތޮޅުގެ ރަށްތަކުން މިމަހުގެ 20ގެ ކުރިން އެ ޖަމިއްޔާއަށް ހުށަހަޅަން ޖެހެއެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ވެސް ހިމެނޭގޮތައް ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗްތައް ކުރިއަށްދާނީ އަންހެން ޑިވިޝަންގެ މެޗުތަކަށްފަހު އެވެ. 

މިމުބާރާތަކީ ބ. އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުސަތުހޯދައި ދިނުމާއި، ކުޅުންތެރިންގެ ހުނަރު ރަނގަކުރުމުގެ އިތުރުން އެކުވެރިކަން އާލާ ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

ވޭތުވެދިޔަ އަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމުވަނީ ވަނީ ވާދަކޮށްފަ އެވެ.  އެގޮތުން ފިރިހެން އަދި އަންހެން ޑިވިސަންގެ ފައިނަލްގައި މާޅޮސް ބަލިކޮށް  2 ޑިވިސަންގެ ވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ގޮއިދޫ ޓީމެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.