ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަނީ

ބ. ތުޅާދޫ.

ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ތުޅާދޫގައި ހައުސިން ޔުނިޓްސް އިމާރާތް ކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރާނެ ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް 1500ރ.ގެ ފީއެއް ދައްކަންޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 100،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 4 ގަ އެވެ.

މި އަހަރު ބޯހިޔާވަހިކަމުގެ ހަ މަޝްރޫއުއެއް އަލަށް ފަށަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން އެ މަޝްރޫއުތަކަށް 207 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ހިނގަމުންދާ ހަ މަޝްރޫއަކާ އެކު 321 މިލިއަން ރުފިޔާ ހައުސިން މަޝްރޫއުތަކަށް ހޭދަކުރާނެ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.