އަމިއްލަފުށީގައި ބިއްލޫރި ބޮކީގެ ވިލާއެއް!

ބިއްލޫރި ބޮކި ގެއާއެކު ހަދާފައިވާ ސްކައި ހައުސް- ފޮޓޯ: އަމިއްލަފުށި

ޔުނެސްކޯ އިން ހިމާޔަތްކޮށްފައިވާ ބ. އަތޮޅުގައި ހިންގާ ފެންވަރު އަލިއްލަފުށި ރިސޯޓުގައި ބިއްލޫރި ބަބްލްއަކާއެކު އުސް ވިލާއެއް ހުޅުވައިފި އެވެ.

ފެހިކުލަ ގަދަ މި ރިސޯޓުގެ ގަސްކަރަ މަތި ފެންނާނެ ގޮތަށް ހަދާފައިވާ މި ވިލާގެ މަތީގައި ބިއްލޫރިން ހަދާފައިވާ ބަބްލްގެ ނުވަތަ ބޮކިގެއަކީ މިތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ތަނެކެވެ.

ސްކައި ހައުސް ގެ ނަން ދީފައިވާ މި ވިލާ ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ގާތްގަނޑަކަށް 12 މީޓަރު (39 ފޫޓު) އުހުގައި ހަދާފައިވާ އުސް ވިލާގައި ތިބޭއިރު ރަށުގެ ކަސްކަރަ މަތީގައި އުޅޭ ދޫނިތަކާއި ސާފު ޖައްވު ރީތިކޮށް ފެންނަން އޮވެ އެވެ. އަދި ދުއިސައްތަ ވިހި އަކަމީޓަރުގެ ސްކައި ހައުސްގައި ބޮޑު ލިވިން އޭރިއާކާއިއެކު އިންފިޓިޓީ ޕޫލެއް ވެސް އޮވެ އެވެ.

އަމިއްލަފުށި ހިންގާ ސްމޯލް އައިލެންޑް އެންޑް ކޯ އިން ބުނީ ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ މިތަނުގައި އެއް ކޮޓަރީގެ އެނދަކާއެކު ޖައްވުރެ ރީތި މަންޒަރުތައް ބަލައިލަން ޝައުގުވެރިވާ މީހުންނަށް ހާއްސަ ޓެލެސްކޯޕެއް ވެސް ހުންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.