ސޮނޭވާ ފުށީގައި އުސް ލަޒްގަރީ ވިލާއެއް

ސޮނޭވާފުށީ ވިލާ 37 ގައި ހެދި މޫންލައިޓް ޓޭބަލް- ފޮޓޯ: ސޮނޭވާ

ޓޫރިޒަމަށް އާ ގިނަ ކަންތައްތަކެއް ތައާރަފު ކުރަމުންގެންދާ ސޮނޭވާ ގްރޫޕުން ބ. އަތޮޅުގައި ހިންގާ ސޮނޭވާ ފުށީގައި އުސް ލަގްޒަރީ ވިލާއެއް ހަދައިފި އެވެ.

ޓޫރިޒަމް ހަބަރު ފަތުރާ ވެބްސައިޓްތަކުގައިވާ ގޮތުގައި ރަށް މަތިން އިރުއަރާ އަދި އިރުއޮއްސޭ މަންޒަރު ބަލައިލެވޭ ގޮތަށް، ސޮނޭވާ ފުށިން މި ފަހަރު ތައާރަފުކޮށްފައިވާ ވިލާ އަށް ދީފައިވާ ނަމަކީ “ވިލާ 37” އެވެ. މި ވިލާއަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ އުސްބައި ހިމެނޭ ވިލާއަށް ވާނެ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ. މި ވިލާގެ މަތީގައި ރަށުގެ ގަސްކަރަ ވަށިގެން ބަލައިލެވޭ ގޮތަށް ހަދާފައިވާ “މޫން ލައިޓް ޓޭބަލް” ހުންނަނީ 36 ފޫޓު އުހުގަ އެވެ.

“ވިލާ37” ފަސް ކޮޓަރި ހުންނަ މި ވިލާގެ ބޮޑު މިނުގައި 20،000 އަކަފޫޓު ހުރެ އެވެ. މި ވިލާގައި އެއްވެސް ދަތިކަމެއް ނެތި އަށް މީހުންނާއި ހަތަރު ކުދިންނަށް އުޅެލެވޭނެ ތަނަވަސް ޖާގަ އޮވެ އެވެ. އަދި އައުޓްޑޯ އާއި އިންޑޯ ބާތްޓަބް ހަރުކޮށްފައިވެ އެވެ.

“ވިލާ 37” ގައި ލިބެން ހުރި އެހެން ހިދުމަތްތަކުގެ ތެރޭގައި ލައިބްރަރީ އާއި ސައުނާ އަދި 3700 ސްކެއާ ފޫޓުގެ ސުވިމިން ޕޫލް އާއެކު 270 ސްކެއާ ފޫޓުގެ ކުޑަކުދިންގެ ޕޫލެއް ވެސް ހުރެ އެވެ. އަލަށް ސޮނޭވާ އަށް ނެރުނު ވިލާވަނީ އެ ކުންފުނިން ވިލާ “ވިއްކަން” ކުރިއަށް ގެންދާ ވިލާ އޯނާޝިޕް ޕްރޮގްރާމުގައި ހިމަނާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.