ދިރާގު ޕޭ މެދުވެރިކޮށް ރިލޯޑްކުރުމުން 20 ޕަސެންޓް އިތުރު ކްރެޑިޓް މިހާރު ލިބޭނެ!

ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި، ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20% އިތުރު ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އިއްޔެފެށި މި ޕްރޮމޯޝަނުގައި ދިރާގު ޕޭ އެޕް ނުވަނަ ޔޫ.އެސް.އެސް.ޑީ ބޭނުން ކުރައްވައިގެން ރީލޯޑް ކުރައްވާ ކޮންމެ ޕްރީޕެއިޑް ކަސްޓަމަރަކަށްވެސް 20% އިތުރަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. އެގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.