އޭދަފުށީ ސްޓޭޖް ސަރަހަދުގައި ސީސީ ފުޓްސަލް މުބާރާތް ބޭއްވުމުގެ ހުއްދަ ރަށު ކައުންސިލުން ނުދިންނަމަވެސް މުބާރާތް މާދަމާ ހަވީރު ސްޓޭޖް ސަރަހައްދުގައި ފަށާނެ ކަމަށް އޭދަފުށީ ކްލަބު ކޮމްބިނޭޝަން (ސީސީ) އިން ބުނެފި އެވެ.
ސީސީ އިން މިއަދު ބުނީ މުބާރާތް ބޭއްވުމުގެ ވަގުތީ އަމުރަކަށް އޭދަފުށީ ކޯޓްގައި މިހަފްތާ އެދިފައިވާނެ ކަމަށެވެ. ނަމަވެސް ކޯޓުން އަދި މިކަމާގުޅޭގޮތުން ވަގުތީ އަމުރެއް ނެރެފައެއް ނުވެއެވެ.
އެގާރަ ޓީމު ވާދަކުރާ މި މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވައިފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ޔުނައިޓެޑް ވީ އާއި އެފްސީ ޑޮލަރު އާއި އެފްސީ ރުއްގަނޑު އަދި ވީ.އެސް ޖޫނިއާސް ލައްވާލީ ގުރޫޕް އޭގަ އެވެ. ގުރޫޕް ބީގައި އޮތީ ޑައުންޓައުން އާއި އެފްސީ ސޫޕް އާއި ބްލޫސް އަދި އެއްލަކިން އެވެ. ވެލާ ސްޕޯޓްސް އާއި ކަޅުއޮށްކަޓޫރަ އަދި އިރުމަތީ ރެޔުނިއަންސް އޮތީ ގުރޫޕް ސީ ގައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000ރ. އަދި ރަނަރަޕް ޓީމަށް 2،000ރ. ވަނީ ހުށަހަޅައިފަ އެވެ.
މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު އާއި ރޭގަނޑު އެވެ.
ވަރަށް ހަބޭސް
ތި މުބާރާތް ހަމަ ކޮންމެހެންވެސް ސްޓޭޖް ސަރަހައްދުގައި ކުޅެން ޖެހޭތަ؟ ކީއްތަވީ ރަސްމީ ދަނޑުގައި ކުޅުނިއްޔާ؟ ސީސީވެއް ގޮތް ދޫނުކުރާ ވައްތަރަށް ތިއުޅެނީ. މަސްލަހަތު ގެއްލޭކަންތައް ތަކުން އަމިއްލަ ނަފްސު ރައްކާތެރި ކުރުން މުހިއްމު.