އޭދަފުއްޓާއި ތުޅާދޫން ގޯތި ދޫކުރަން ނިންމާފައިވާ ކަން ރައީސް އިއުލާން ކުރައްވައިފި

ބ. އޭދަފުށި. އޭދަފުއްޓާއި ތުޅާދޫން ގޯތި ދޫކުރަން ނިންމާފައިވާ ކަން ރައީސް ވަނީ މއިަދު އިއުލާން ކުރައްވާފައި

ބ. އޭދަފުއްޓާއި ތުޅާދޫން ވަރަށް އަވަހަށް ގޯތި ދޫކުރައްވަން ނިންމަވާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ނ. ހެނބަދޫގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް މިހާރު އެންމެބޮޑަށް ދަތިވެފައިވާ މައްސަލައަކީ ގޯތިގެދޮރުގެ މައްސަލަ ކަމަށާ، އެކަން ހައްލުކުރުމަށްޓަކައި އޭދަފުއްޓާއި ތުޅާދޫގެ އިތުރުން ނ. ވެލިދޫއާއި، ހިންނަވަރުން ވެސް ވަރަށް އަވަހަށް ގޯތިދޫކުރައްވަން ތައްޔާރުވަމުންދާ ކަމަށެވެ.

“އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ގިނަ ރައްރަށެއްގައި ބިން އަޅުގަނޑުމެންނަށް ހިއްކުނު. އެ ރަށްރަށުން އަދިވެސް މިހާތަނަށް އޮތީ ރައްޔިތުންނަށް އޭގެފައިދާ ފަސޭހަ ލިބޭގޮތް ނުވެފައި. އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ އެރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހަދައި އަދި ގެންނަންޖެހޭ ބަދަލުތައް ގެނެސް ރައްޔިތުންނަށް ގޯތިދޫކުރުމަށް ފެށުމަށް. އެގޮތުން ބ. އޭދަފުއްޓާ، ތުޅާދޫއާ، ވެލިދޫއާ އަދިވެސް ހިންނަވަރާ އަދިވެސް އެބަހުރި މިހެން ހިއްކިފައިހުރި. އެރަށްރަށުން ރައްޔިތުންނަށް ބޭނުންވާ ގޯތި ލަހެއްނުވެ އަޅުގަނޑުމެން ދޫކުރާނަން،” ރައީސް ވިދާޅުވި އެވެ.

މީގެ 9 އަހަރު ކުރން ތުޅާދޫ ބިންހިއްކި ނަމަވެސް އެރަށުން މިހާތަނަށް ގޯތި ދޫކޮށްފައެއް ނުވެއެވެ. އޭދަފުށީގެ ބިން ހިއްކީ 2014 ވަނައަހަރު އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓްގައި އޭދަފުށީގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ފައިސާ ހިމެނި ތިން ބުރެއްގެ މަތިން ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާންވެސް ކުރިއެވެ. ނަމަވެސް މިހާތަނަށް އޭގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.