ބ. ދަރަވަންދޫގައި ގެސްޓްހައުސް މާކެޓިންގ ސެމިނާއެއް ބާއްވަން ރާއްޖޭގެ ގެސްޓްހައުސްތަކަށް މާކެޓިން ޕްރޮގްރާމްތަކެއް ހިންގަން ހަވާލުކޮށްފައިވާ މޯލްޑިވްސް ގޭޓަވޭސް އިން ނިންމައިފި އެވެ.
ދަރަވަންދޫގެ އިތުރުން ގެސްޓްހައުސް މާކެޓިން ސެމިނާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 މާޗް އިން 20 މެއިގެ ނިޔަލަށް އއ. ތޮއްޑޫ އާއި އއ. އުކުޅަސް އަދި ކ. މާފުއްޓާއި ވ. ތިނަދޫ އާއި އދ. ދިގުރަށް އަދި އައްޑޫ ސިޓީ އާއި ތ. އަތޮޅުގެ އިތުރުން ހުޅުމާލޭގަ އެވެ.
އެގޮތުން ދަރަވަންދޫގައި މި ސެމިނާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ސެމިނާގައި ބައިވެރިވުމަށް ރެޖިސްޓަރ ވުމަށް މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ރެޖިސްޓާ ކުރުމަށް ގުޅާނީ 7796061 ނަންބަރު ފޯނާ އެވެ.
ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ޕްރޮމޯޓް ކުރަން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ މޯލްޑިވްސް ގެޓަވޭސް އަށް މި ޕްރޮގްރާމް ހިންގަން އެމްއެމްޕީއާރުސީން ހަވާލުކުރީ، ގެސްޓްހައުސް ދާއިރާ ތަރައްގީކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުނެވެ.