މަންތާ އެއާގެ ދަތުރުތައް ދަރަވަންދޫއަށް ފަށަނީ

މަންތާ އެއާގެ ފުރަތަމަ މަތިންދާ ބޯޓް. އެ އެއާލައިންގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ދަރަވަންދޫއަށް ފަށާނެ

ރާއްޖޭގެ އާ ޑޮމެސްޓިކް އެއާލައިން “މަންތާ އެއާ” ގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ބ. ދަރަވަންދޫ އެއާޕޯޓަށް ފަށަން ނިންމާފައިވާ ކަމަށް މަންތާ އެއާއިން ބުނެފި އެވެ.

މަންތާގެ ދަތުރުތައް ދަރަވަންދޫއަށް ފެށުމުގެ ގޮތުން “މައިމަންތާ ޕްރޮމޯ” ގެ ނަމުގައި އެ އެއާލައިނުން ވަނީ އެޕްރީލް 11-18 އާއި ދޭތެރޭ ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލާފަ އެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ބޮޑެތި މީހުންނަށް އެއްކޮޅަށް 499ރ، ނަގާއިރު ކުޑަކުއްޖަކަށް ނަގާނީ 249ރ، އެވެ.

މަންތާ އެއާ އިން މި ވަގުތު ދަތުރު ކުރާނީ ދ. ކުޑަހުވަދު އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ.

މަންތާ އެއާއިން ފަސިންޖަރުންނަށް ދެ ކްލާހެއްގެ ޚިދުމަތް ދެ އެވެ. އެގޮތުން، އެ ޚިދުމަތަށް ނަން ދީފައި ވަނީ “ސެފަޔާ” ކްލާސް އާއި “ކޮމްފޯޓް” ކްލާހުގެ ނަމުންނެވެ.

މަންތާ އެއާ އިން ވަނީ ޚިދުމަތް ދިނުމަށް ތިން ބޯޓެއް މިހާތަނަށް ގެނެސްފަ އެވެ.

މަންތާ އެއާގެ ދަތުރުތައް ދަރަވަންދޫ އެއާޕޯޓަށް ފެށުމާއެކު އެ އެއާލައިން ވެގެންދާނީ އެ އެއާޕޯޓަށް ދަތުރުތައް ބާއްވާ ތިންވަނަ އެއާ ލައިނަށެވެ. މިހާރު ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ވިލާ އެއާގެ ފްލައިމީން އަންނަނީ ދަރަވަންދޫ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.