ގައުމީ ޓީމުގެ ފަރިތަކުރުންތައް ޚާއްސަ ރަސްމިއްޔާތަކުން ފަށަނީ

2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕގެ ތައްޓާއެކު ގައުމީ ޓީމު މާލެ އައުމުން ރައީސް މައުމޫން މަރުޙަބާ ވިދާޅުވަނީ
2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕްގެ ތައްޓާއެކު ގައުމީ ޓީމު މާލެ އައުމުން ރައީސް މައުމޫން މަރުޙަބާ ދަންނަވަނީ

 

 

 

 

 

 

 

 

ސާފު ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ޚާއްސަ ރަސްމިއްޔާތަކުން ފަށަން ރާވާފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ ޑިރެކްޓަރ އޮފް ނެޝަނަލް ޓީމް ޢަލީ ސުޒޭން ވިދާޅުވީ ހޮނިހިރު ދުވަހު (މާދަމާ) ހަވީރު ގަލޮޅު ދަނޑުގައި ބާއްވާ މި ރަސްމިއްޔާތުގައި ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން މީހަކު ސޮއި ކޮއްފައިވާ ‘ ދިވެހިންގެ އުއްމީދު ‘ ގައުމީ ޓީމާ ހަވާލުކުރުން އޮންނާނެ ކަމަށެވެ. މި ލިޔުމުގައި ސޮއި ކުރުމަށް އެދުވަހު ރާއްޖޭގެ ކޮންމެ ރަށަކުން މީހަކު ދަނޑަށް ހާޒިރު ވުމަކީ އެ އިދާރާގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން އެދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތަކާ އެކު ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށްދާނެ ކަމަށް ސުޒޭން ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ސުޒޭން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ފަށާދުވަސް މިހާރު ބަދަލުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން އޯގަސްޓް އެއްވަނަ ދުވަހު ފަށަން އޮތް މުބާރާތް މިހާރު ފަށަނީ އޯގަސްޓް ފަނަރަ ވަނަ ދުވަހު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.