އޭދަފުށީގައި ވިޔަފާރި ފުޅާކުރަމުން އަންނަ ފްރެންޑްމީ ގްރޫޕްގެ އާ ފިހާރަ، މިރޭ އޭދަފުށީގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ފްރެންޑްމީ މައި ފިހާރައިގެ ކުރިމައްޗަށްވާ ގޮތަށް “ފްރެންޑް މީ ޕްލަސް” ގެ ނަމުގައި މިރޭ ހުޅުވާ މި ފިހާރައިން މައިގަނޑު ގޮތެއްގައި ވިއްކާނީ އަންނައުނު ކަމަށް އެ ގްރޫޕުން ވާހަކަދެއްކި މުހައްމަދު ހަލީމް ބުންޏެވެ.
މި ފިހާރަ ހުޅުވާނީ މިރޭ 9:30 ގަ އެވެ.
ހަލީމު ބުނީ ފިހާރަ ހުޅުވުމުގެ ގޮތުން މިރޭ ކުރައްވާ ކޮންމެ ވިޔަފާރިއަކަށް 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މިއީ ފްރެންޑް މީ ގްރޫޕުން އޭދަފުށީގައި ހުޅުވާ ހަތަރު ވަނަ ފިހާރަ އެވެ.
މީގެ ހަތް އަހަރު ކުރިން ފްރެންޑް މީގެ ނަމުގައި އެ ގްރޫޕުން ފުރަތަމަ ހުޅުވި ފިހާރައަކީ މިހާރު އޭދަފުށީގައި މަޤްބޫލު ފިހާރައެކެވެ. އަދި އޭގެ ފަހުން ހުޅުވި ފްރެންޑް މީ ސްޓައިލް އާއި ފްރެންޑް މީ ހޯމްވެއާ ފިހާރާވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ އާއްމުންގެ މަގުބޫލުކަން ހޯދައިފަ އެވެ.