
މި ރޯދަމަސް ދެބައިވިއިރު އޭދަފުށިން ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ފަންސަވީސް ހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

ރަށު ކައުންސިލުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް އޭދަފުށިން ޒަކާތް ދެއްކީ 25،440 މީހުންނެވެ. އެއީ 1283 މީހުންނެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާ އަގެވެ.
އޭދަފުށީގައި ޒަކާތް ދައްކަން ޖެހޭ އަގުތައް
– އާދައިގެ ހަނޑުލުން 15ރ.
– ތައިލެންޑް ހުދު ހަނޑުލުން 55ރ.
– ބާސްމަތީ އާދައިގެ ހަނޑުލުން 60ރ.
– ބާސްމަތީ މޮޅު ހަނޑުލުން 70ރ.
– ބާސްމަތީ އެންމެ މޮޅު ހަނޑުލުން 85ރ.
– ރަތް ހަނޑުލުން 75ރ.
– އާދައިގެ ފުށުން 10ރ.
– އާޓާ ފުށުން 55ރ.
ފިތުރު ޒަކާތަކީ އީދު ވިލޭރެ އާއި އީދު ދުވަހު ތިމާއަށާއި ތިމާ ޚަރަދު ދިނުން ލާޒިމުވެފައިވާ ބައެއްގެ މައްޗަށް ޚަރަދު ކުރާނޭ މިންވަރަށްވުރެ، އިތުރަށް ތަނަވަސްކަން ލިބިފައިހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ހުރި އައިނިއްޔަ ފަރުޟެކެވެ. މި ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާމުކަމެކެވެ.