ފޭސްބްކް ތަޢާރަފްވެގެން އައި ދުވަސްވަރެއެވެ. އެއްދުވަހަކު ބަޔަކު މީހުން ފޭސްބްކްގެ މޮޅު ވާހަކަ ދައްކާތީ އަލީ ވެސް ފޭސްބް ހޯދަން ބޭނުން ވިއެވެ. އެގޮތުން އެއްރެއަކު އަލީ އޭނާގެ ރައްޓެއްސަކާއެކު ފޮތްވިއްކާ ފިހާރައަކަށް ދިޔައެވެ.
އަލީ: ސޭޓް ފޭސްބުކް އެބަހުރިތަ؟
ސޭޓް ހައިރާންވެ އިދެ އައްޔާ ދިމާއަށް ބަލާލިއެއެވެ. އެވަގުތު އަލީގެ ރައްޓެހި މީހާ ބުންޏެވެ.
ފްރެންޑް: ބަލަ ފްރެންޑޫ. ފޭސް ބުކް އެއީ ފިހާރައިގައި ވިއްކާ ފޮތެއް ނޫނޭ! ކުރިން ތިވާހަކަ ބުނި ނަމަ މިލަދެއްގަ ނުބެދުނީހެއްނު؟
މިހެން ބުނުމާއެކު ފިހާރައިގައި ތިބި މީހުން ހޭއްފެށިއެވެ. އަދި އަލީ ލަދުން ހުރެ ބުންޏެވެ.
އަލީ: ބަލަ! މަށަށް ކިހިނެއްތަ އެނގޭނީ. އަހަރެން ހީކުރީ އެއީ ވިއްކާ ފޮތެއް ކަމަށް! ފޭސްބުކު ގެ މާނަ ދިވެހި ބަހަށް ބަދަލުކޮށްލީމަ މޫނު ފޮތޭ މަށަށް ކިޔެނީ. އެހެންވީމަ މަ ހީކުރީ ފޮތް ފިހާރަތަކުން އެފޮތް ގަންނަން ލިބޭނެކަމަށް. މިއަދު އެންމެނަށްވެސް މަޝްހޫރު ފޮތަކީ އެއެއްނު.
ފްރެންޑް: އެކަމަކު ބްރޯއަށްވާ ސާބަސް! މިއޮއް އިންޓަނެޓް ޒަމާނުގަ ބްރޯ ތިޔަ ގެންގުޅެނީ އާދައިގެ ފޯނެއް ވިއްޔާ! ނިކަން އަހަރެން ގެންގުޅޭ ކަހަލަ ވޮށި ފިލާ ފޯނެއް ހޯދަބަލަ. ބޫނުގަނޑު ބޮޑު. އޭރުން ފޭސްބުކަށް ވަންނަން ފަސޭހަވާނެ.
އަލީ: އެއީ ކީއްކުރަން. އެވައްތަރުގެ ފޯނު ޖީބަށް ލީމަ ޖީބުގައި އެހެން އެއްޗެއް ބާއްވާނެ ޖާގަ އެއް ނޯންނާނެ. މަ ފްޓުލޫނު ޖީބުތައްވެސް ހާދަ ކުޑައޭ. ފްރެންޑްމެން ކަހަލަ ބިކިނީ ޖިންސެއް ނޫނޭ އަހަރެން ލަނީ. ފްރެންޑަކަށް ނުފެނޭތަ އަހަރެން ލައިގެން ހުރި ފަޓުލޫނުގެ ސައިޒެއް.
ފްރެންޑް: ހީލާފައި! ބަލަ މަށަށް ކިހިނެއް ފްރެންޑްގެ ސައިޒް އެގޭނީ. ބުނަން، ބިކިނީ ޖިންސްގަ ޖީބް ކުޑަވާނީ. ފަޓުލޫނު ޖީބު ބޮޑުވާނެ. ބްރޯއަށް އެނގޭތަ! މަ ޖީބު ކުޑަވީމައޭ މަ ބޮޑު ފޯނު ޖީބަށް ލަނީ. އެކަމަކު ބްރޯ ތިއުޅެނީ ޖީބް ބޮޑުކަމުން ކުޑަ ފޯނުވެސް ނުލެވިގެން. އަހަރެން މިއުޅެނީ ޖީބު ކުޑަ ބޮޑު ތޯ ބަލާކަށް ނޫނޭ. ބްރޯ އަށް ފޭސްބުކް ދެއްކޭނީ ބޮޑު ފޯނެއް އޮވެގެންނޭ ބުނަންވެގެން.
އަލީ: (ހައިރާންވެފައި) އެހެންތަ؟ އެއީ ކިހިނެއް.
ފްރެންޑް: އެއީ. ބޮޑު ފޯނެއް ހޯދާފަ ނެޓަށް ވަންނާނީ. ނެޓަށް ވަދެފަ ދެން ފޭސްބްކް އެޑެއް ހަދާބަލަ.
ފްރެންޑް މިހެން ބުނުމުން އަލީ އެކަނި ފިހާރައަކަށް ވަދެ ބޮޑު ފޯނެއް ގަތެވެ. ދިގު ޓޯކީއެއް ގޮތަށް އެންޓަނާ އެއް ލާފައި އިން އިހުގެ ފޯނެކެވެ. އަދި އެ ފޯން ގަނެގެން ގޮސް ފްރެންޑް ކައިރީ ބުންޏެވެ.
އަލީ: މި ފޯނުން ފޭސްބުކަށް ވަންނަގޮތް ކިޔާދީބަ!
ފްރެންޑް: (ހައިރާންވެފައިހުރެ ފޯނަށް ބަލާލުން). ބަލަ ބްރޯ. މަ ބުނީ ތިކަހަލަ ފޯނެއް ނޫނޭ.
އަލީ: ރުޅި އައިސްފައި. ފްރެންޑް ބުނީ ބޮޑު ފޯނެއްގެ ވާހަކަ އެއް ނު. މިއީ ބާޒާރުގަ ހުރި އެންމެ ބޮޑު ފޯނު. ދެން ކީއްވެ ފޭސްބުކަށް ނުވަދެވެންވީ.
ފްރެންޑް: އެކަމަކު އައްޔަށްވާ ސާބަސް.
އަލީ: ކިހިނެއްވީ. ބަލަ ފުރެންޑޫ. ކަލޭ މަށަށްވުރެ ގަމާރެއްނު. ކަލެއަކަށްވެސް ނޭގުނެއްނު މި ފޯނުން ފޭސްބުކަށް ވަންނާކަށް. އެކަމަކު ކަލޭ ބުނީ ބޮޑު ފޯނުންނޭ ވަދެވޭނީ. ދެން މިއަށްވުރެ ބޮޑު ފޯނެއް ނިކަން ދައްކަބަލަ.
މިހެން ބުނުމުން އަލީ ފްރެންޑްގެ އަތުގައި ހިފައިގެން ގޮސް އެ ފޯނު ގަތް ފިހާރައިން ރަނގަޅު ފެންވަރުގެ ފޯނެއް ދައްކައި ފޭސްބުކަށް ވަންނަގޮތް ކިޔާ ދިނުމުން އަލީގެ ގަމާރުކަން އައްޔަށް އެގުނެވެ.
އަލީ: (ވަރަށް ލަދުން ހުރެ). ބްރޯ ސޮރީ އިނގޭ! މަ ރަށުގަ އެޅޭތީ އޭ ގަމާރުވީ. ބްރޯތީ މާލޭ މީހެއްނު.
ފްރެންޑް: ހީލާފައި. އެހެންވިއްޔާ ރަށްރަށުގަ އުޅޭނީ ހުސް ގަމާރުންތާދޯ.
………………