ވައިބާގެ ޕްރިމިއަމް ސްޓިކާ ޑައުންލޯޑް ކުރުމަށް ހާއްސަ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި ޕްރިމިއަމް ވައިބަ ސްޓިކާ ޕެކް 19ރ. އަށް ޑައުންލޯޑު ކޮށްލެވޭނެ އެވެ.
ޒުވާނުންނާ ގުޅޭ ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުން ގެންދާ ކުންފުނިން ބުނި ގޮތުގައި މި ސްޓިކާތަކުގައި އެމީހެއްގެ މޫޑާ އެއްގޮތަށް ފޮނުވާލެވޭނެ ސްޓިކާ ހުންނާނެ އެވެ. އޭގެ ތެރޭގައި ކާޓޫނުގެ އެކި ކަރެކްޓާތައް ވެސް ހިމެނެ އެވެ.
އެ ކުންފުނިން ބުނީ މި ޕްރިމިއަމް ވައިބާ ސްޓިކާ ޕެކް ކޮންމެ މަހަކު އޮޓަމެޓިކުން ރިނިއު ވާނެ ކަމަށާއި ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް މި ހިދުމަތް އަން- ސަބްސްކްރައިބް ކުރެވޭނެ ކަމަށެވެ.null