އީދު ކިހިނެއް؟” ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފޮޓޯ މުބާރާތެއް އިއުލާން ކޮށްފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި މުބާރާތް އޮންނާނީ ޖޫން 4-6 އަށެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވައި އެއިން ކޮންމެ މީހަކަށް 5،000ރ ގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ އެވެ.
އީދުގެ އުފާވެރިކަން ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި #އީދުކިހިނެއް ޖެހުމަށް ފަހު ޝެއާކުރުމުން މި މުބާރާތުގައި ބައިވެރިވެވޭނެ އެވެ.
މި މުބާރާތުގެ ނަސީބުވެރިން އިއުލާން ކުރަން ހަމަޖައްސާފައި ވަނީ ޖޫން 9 ގަ އެވެ.