
މިހާރަކަށް އައިސް މާލެއިން އޭދަފުއްޓަށް ދަތުރުކުރާ ބޯޓް ތަކުގައި މިރަށަށް ގެންނަ ފިނިކުރި އެއްގަމު މަހުގެ ބާވަތްތަކުން ފިނިކަން ކެނޑި، ތާޒާކަން ގެއްލިފައިވާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި އޭދަފުއްޓަށް ދަތުރުކުރާ ބޯޓްތަކުގައި އުފުލާ ކުކުޅު، ސޮސެޖް، ގެރިމަސް އަދި ޚާއްސަކޮށް މީޓްގެ ބާވަތްތައް ރަށަށް ގެންނައިރު އެތަކެތީގެ ފިނިކަން ކެނޑި، ތާޒާކަން ގެއްލިފައިވާ ކަމުގެ ޝަކުވާތައް ހޮސްޕިޓލަށް ދަނީ ލިބުންނެވެ. އަދި މިތަކެތި ދެވަނަ ފަހަރަށް ގަނޑުކޮށް ވިއްކަމުންދާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދާ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
ހޮސްޕިޓަލުން ބުނި މިހާލަތުގައި ހުންނަ ތަކެއްޗަކީ ސިއްހީގޮތުން ރައްކާތެރި މިންގަނޑުތަކާ އެއްގޮތަށް ހުރި ތަކެތި ކަމުގައި ނުބެލެވޭނެ ކަމަށެވެ.
އަދި މިކަމުގެ އަތުވެދާނެ ސިއްހީ ނުރައްކަލަކުން މުހުތަމައު ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން މިފަދަ ތަކެތި އެއްތަކުން އަނެއްތަނަށް އުފުލާއިރު އެތަކެތީގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި ފިނިހޫނިމިނާއި އެއާގުޅޭ އެހެނިހެން މިންގަނޑުތައް ހިފަހައްޓަވައިދެއްވުމަށް ވިޔަފާރިވެރިންނާއި ބޯޓްތަކުގެ ވެރި ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އަތޮޅުކައުންސިލުންވަނީ އިލްތިމާސްކޮށްފަ އެވެ.