އީދަށް ބ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ފުލްވެއްޖެ

ބ. މާޅޮސް ތުނޑި ވިލެޓް ގެސްޓްހައުސް

އީދު ޗުއްޓީ އަށް އާއިލާ އާއި ރަހުމްތެރިންނާއެކު ކުރިންދަނީ ބޭރަށެވެ. އެކަމަކު ދިވެހިންގެ ޗުއްޓީ ޓްރެންޑަށް އައި ބަދަލާއެކު، މިހާރު ދިވެހިންގެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރާއްޖޭގަ އެވެ. ނަތީޖާއަކީ ލޯކަލް އަށް ޕެކޭޖުތައް ނެރޭ ގިނަ ތަންތަން އަވަހަށް ފުރާލުމެވެ. މި އަހަރުގެ އީދަށް ވެސް އޮތީ ހަމަ މިގޮތަށެވެ. އީދަށް ބ. އަތޮޅުގެ ގެސްޓްހައުސްތައް މިހާރު ވަނީ ގާތްގަނޑަކަށް ފުލްވެފަ އެވެ.

ދިވެހިންނަށް އެންމެ ސަޅި ޕެކޭޖުތައް އަބަދު ވެސް ދޭ ވިލާ ހޮޓެލްގެ ރޯޔަލް އައިލެންޑް ރިސޯޓު ވެސް މިހާރު ވަނީ ފުލްވެފަ އެވެ. މި ރިސޯޓުން ދޭ ޕެކޭޖުގެ އަގަގަކީ ދެ މީހަކަށް 2464ރ. އެވެ. މި ޕެކޭޖުގައި ތިން އިރުގެ ކެއުމާއި ބައެއް ކުޅިވަރުތައް ވެސް ހިމެނެ އެވެ.

ދިވެހި ޓްރެވަލް އެޖެންސީއެއް ކަމަށްވާ އިނަ މޯލްޑިވްސްއިން ބުނީ، މިއަހަރު އެންމެ ޑިމާންޑު ބޮޑުކޮށް އުޅެނީ ރާއްޖޭގެ އެކި އެކި ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕެކޭޖްތަކަށް ކަމަށެވެ. އޭގެތެރެއިން ވެސް ބ. އަތޮޅުގެ ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑު މިއަހަރު ބޮޑުކަން އިނަ މޯލްޑިވްސްއިން ފާހަގަކުރެއެވެ. 

ބ. ފެހެންދޫ ޓްރޮޕިކަލް ވިލެޖް. ބ. އަތޮޅުގެ ގެސްޓްހައުސްތައް ވަނީ އީދަށް ފުލުވެފައި

ގެސްޓް ހައުސްތަކުން ވަނީ ކުޑަ އީދާ ދިމާކޮށް ގެސްޓްހައުސްތަކުގެ ޕެކޭޖުތައް 2800 ރުފިޔާއިން ފެށިގެން 800ރ. އާ ދެމެދުގެ އަގުތަކެއްގައި  ދިވެހިންނަށް ވިއްކަ އެވެ. މި ޕެކޭޖުތަކުގައި ތިން އިރުގެ ކެއުމާއި ބައެއް ގެސްޓް ހައުސްތަކުގައި އާއްމު ގޮތެއްގައި ޓޫރިސްޓުންނަށް ދޭ މޫދު ކުޅިވަރުގެ ހަރަކާތްތަކުގައި ވެސް ބައިވެރިވުމަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ގޮއިދޫގައި ހިންގާ ގެސްޓް ހައުސްއެއް

ބ. މާޅޮހުގައި އެންމެފަހުން ހުޅުވި ތުނޑި ވިލެޖު ގެސްޓްހައުސް އިން ވާހަކަދެއްކި އާޔަތުﷲ ހުސައިން ވިދާޅުވީ އެ ގެސްޓްހައުސް ވެސް އީދާ ދިމާކޮށް އެއްކޮށް ފުލްވެފައިވާ ކަމަށެވެ.

“18 ރޫމުވެސް އެއްކޮށް ފުލްވެފައި. ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް،” އޮފިޝަލް ވިދާޅުވި އެވެ.

ބ. އަތޮޅުގައި ފަންސާހަށްވުރެ ގިނަ ގެސްޓް ހައުސް ހުރިއިރު، ގިނަ ގެސްޓް ހައުސްތައް އާއްމު ގޮތެއްގައި ހުންނަނީ ފުލްވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.