
މިހާރު ކުރިއަށްދާ އެސްޓީއޯ ބަށި މުބާރާތުގެ ގްރޫޕް ޑީ ގެ ހުރިހާ މެޗަކުން މޮޅުވެ އޭދަފުށީ އަންހެނުންގެ ރޫހު މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އޭދަފުށި ކްއާޓާ އަށް ދިޔައީ ރޭ 30 -22 ލަނޑުން ހެންވޭރު ތަރި ބަލިކުރުމަށްފަހު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި 9 ޕޮއިންޓާއެކު އެވެ. މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި މުޑި ޖަމިއްޔާ ކުއާޓާ އަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ.
ކްއާޓާ އިން ޖާގަ ހޯދާފައިވާ އެހެން ޓީމުތަކަށް ބަލާއިރު ފީއަލީ ކުއާޓާ އަށް ދިޔައީ 12 ޕޮއިންޓާއެކު ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުން ދެ ވަނަ ޓީމުގެ ގޮތުގައި ގުލްޒާރު ކުއާޓާ އަށް ދިޔައީ ނުވަ ޕޮއިންޓާއެކު އެވެ.
ގްރޫޕް ބީ އިން ކުއާޓާ އަށް އެއް ވަނަ ޓީމުގެ ގޮތުގައި ދިޔައީ 12 ޕޮއިންޓާއެކު ކާމިނީ އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ދިޔަ ހުޅުމާލޭ އަށް ލިބުނީ ނުވަ ޕޮއިންޓެވެ.
ގްރޫޕް ސީ އިން ކްއާޓާއަށް ދިޔައީ ބ. ގޮއިދޫ ޔުތު ސޮސައިޓީ އާއި މައްޗަންގޮޅީ ވިރުވަރު ބަށި ޓީމެވެ.
މުބާރާތުގެ ކްއާޓާ ފައިނަލް މެޗުތައް މިއަދު ކުރިއަށްދާނެ އެވެ. ކްއާޓާ ފައިނަލުގައި ހުޅުމާލޭ އާ ދެކޮޅަށް އޭދަފުށީ ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 5:00 ގަ އެވެ.
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ ނުވަތަ ބަށި ރާނީއަށް ހޮވޭ ފަރާތަކަށް މޯލްޑިވިއަންގެ ފަރާތުން ޗެންނާއީއަށް ދެކޮޅު ޓިކެޓް ހުށަހަޅާފައިވާއިރު މިއަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރ. ލިބޭނެ އެވެ. އަދި ރަނަރަޕް ޓީމަށް 50،000ރ. އާއި ތިންވަނަ ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު މުބާރާތުގެ ފެއަޕްލޭ ޓީމަށް 10،000ރ. ވަނީ ހުށަހަޅާފަ އެވެ.
ސާބަސް.ސާބަސް.ގަދަ. ހުރިހާ އެންމެން ސަޕޯޓްކުރޭ.