
އޭދަފުށީ ރައްޔިތުން ތިބީ އެއްބުރުން ނިންމައިގެން: ޝާހިދު
އޭދަފުށި ރައްޔިތުން ތިބީ ކުރިއަށްއޮތް ރިޔާސީ އިންތިހާބު އެއްބުރުން ނިންމައިގެންގެން ކަމަށާއި އޭދަފުށިންވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ “އެއްބުރުން، އާ ބާރެއް” ނަމުގައި ޝާހިދު ފެއްޓެވި ކެމްޕޭންގައި ބ. އޭދަފުއްޓަށް ވަޑައިގެން ރޭ އޭދަފުށީގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާޙަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެއްދުވަހުން އަނެއް ދުވަހަށް އޭދަފުށީގައި އެމްޑީޕީއަށް އޮތް ތާއީދު އިތުރުވަމުންދާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ރާއްޖޭގެ ވެރިކަން ކުރެއްވުމެއް ނޫންކަމަށައި ނަޝީދުގެ ވިސްނުންފުޅަކީ ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްކޮށްދޭނޭ ވެރިކަމެއް ގާއިމުކޮށްދެއްވުން ކަމަށެވެ.
ޝާހިދު އިތުރުން ރޭގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމު ރަޝާދު އާއި، ބާރަށު ދާއިރާގެ މެންބަރު ޝިފާޒު އާއި އެމްޑީޕީ ގައުމީ މަޖްލިސްގެ މެންބަރު ދޮންބިލެތް އަހްމަދު ހަލީމް އާއި އޭދަފުށީ ކެމްޕޭން ކޯޑިނޭޓަރ އަހްމަދު ލަތީފް އާއި، ޅ. ދާއިރާގެ ކެމްޕޭން ކޯޑިނޭޓަރު އަދި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަހްމަދު ނަސީމު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ބޭފުޅުންގެ ވާހަކައިގައި މުޅި އޭދަފުށީ މިހާރު މި ފެންނަގޮތުން ދިވެހިރާއްޖޭގެ ރަށަކުން މެޖޯރިޓީ އެމްޑީޕީއަށް ދޭކަމަށް ވަންޏާމިފަހަރު އޭދަފުށިން މެޖޯރިޓީ ލިބޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވި އެވެ. އަދި އޭދަފުށި އޮތީ “އާ ބަރަކަށް” ވުރެ މާ ފުރިހަމަކޮށްކަމަށްވެސް އެ ބޭފުޅުންގެ ވާހަކައިގައި ވިދާޅުވި އެވެ. އަދި ނަޝީދުގެ ވެރިކަމެއްގައި އޭދަފުށީ ބިންހިއްކައި ފުޓްބޯޅަ ސްޓޭޑިއަމެއްވެސް އަޅުއްވައިދެއްވާނެ ވާހަކަ ތަކުރާރު ކުރެއްވި އެވެ.
އެމްޑީޕީން ބުނީ ދުވަހެއް ދުވަހަކަށް އޭދަފުށިން އެ ޕާޓީއާ ގުޅޭ ޒުވާނު އިތުރުވަމުންދާ ކަމަށެވެ. އަދި ރޭ ގެ ޖަލްސާގައި މިރަށު ގްރޫޕެއް ކަމަށްވާ ވެލާ ސިޓީގެ ސާޅީހަކަށް ޒުވާނުން ވަނީ އެމްޑީޕީއަށް ސޮއިކޮށް ފޯމްތައް ހަވާލުކޮށްފަ އެވެ.
ޮކޮންތާކުން. މަށެއް ނުދޭނަން ލާދީނީ މީހަކަށް ވޯޓެއް. މަގޭ ބާރުހިނގާ މީހަ
ކަލޯމެންނަކަށް އޭދަފުއްޓަކު ނެތް ތާއީދެއް. އަވަހަށް އައިތާކަށް ގޯ.