އުރީދޫ ކަލަ ރަން އާ އެކު އައްޑޫގައި ފޯރިގަދަ ހަފްތާ ބަންދެއް!

ކުރިއަށް އޮތް ހަފްތާ ބަންދުގައި އައްޑޫސިޓީގައި ކުރިއަށްގެންދާ އުރީދޫ ކަލަރ ރަން، ގުޑi މަހާސަމާ، އަދި ޓްވިޓްސާފު އައްޑޫ އެޑިޝަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވައިފި އެވެ.

އުރީދޫ ގުޑި މަހާސަމާ، ޖޫން 28 ވާ ހުކުރު ދުވަހުގެ ހެނދުނު 8.00 ން 10.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި:

އުރީދޫ ކަލަރ ރަންގެ ކުރިން ބާއްވާ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޚާއްސަ ސްޓޯލެއް ހިމެނޭނެއެވެ. ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.

އުރީދޫ ކަލަރ ރަން، ޖޫން 28 ވާ ހުކުރު ދުވަހުގެ ހަވީރު 3.30 ން 6.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި:

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ޓްވިޓްސާފު އައްޑޫ، 29 ޖޫން ވާ ހޮނިހިރު ދުވަހުގެ ހަވީރު 3.00 ން 6.00 ކަށް، އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައި

އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ހަރަކާތުގެ އިފްތިތާޙީ ހަފްލާ ކުރިއަށްދާނީ، ހޮނިހިރު ދުވަހުގެ ހަވީރު 3.00 ޖަހާއިރު، ހިތަދޫ ސްޓޭޖް ސަރަޙައްދުގައެވެ. ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ، ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ތަފާތު ސަރަހައްދުތަކުގައެވެ.

އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ. މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށްގެންގޮސް، އައްޑޫގެ އިވެންޓާއި އެކު ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށެވެ. ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަޤްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށެވެ. ޓްވިޓްސާފުގެ އައްޑޫ އެޑިޝަން އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް، http://ore.do/twitsaafu އަށް ޒިޔާރަތް ކުރައްވާށެވެ.

ކަލަރ ރަން އައްޑޫ ކުރިއަށްގެންދަނީ ގިނަ ޕާޓްނަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު އެވެ. މީގެތެރޭގައި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް، އައްޑޫ ސިޓީ ކައުންސިލް، ކަލަރ ރަންގެ އިވެންޓް އޯގަނައިޒަރ ކަމަށްވާ ޔުނިކްސް ސްޕޯޓިންގް، މޯލްޑިވްސް ޕޮލިސް ސާވިސަސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން، އީކުއޭޓާރ ވިލޭޖް، އައްޑޫ މެޑިސިޓީ، އެޗް.ކޭ ރެންޓަލްސް، ނޯޓް ކޮސްމެޓިކްސް، އީހަބް، ބުރުޒު ކޭޓަރިންގް، ވެމްކޯ އައްޑޫ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އައްޑޫ ލައިވް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.