އެމް.ޑީ.ޕީން “އެއްބުރުން” ސައިކަލު ބުރެއް ބާއްވައިފި

އެމްޑީޕީން އިއްޔެ އޭދަފުށީގައި ބޭއްވި ސައިކަލުބުރުގެތެރެއިން
އެމްޑީޕީން އިއްޔެ އޭދަފުށީގައި ބޭއްވި ސައިކަލުބުރުގެތެރެއިން

 

އެމްޑީޕީން އޭދަފުށީގައި ސައިކަލު ބުރެއް ބާއްވައިފި އެވެ.

އެމްޑީޕީ އަށް ތާއީދުކޮށް “އެއްބުރުން” ގެ ނަމުގައި އެމްޑީޕީގެ ޒުވާނުން އިންތިޒާމުކޮށްގެން އިއްޔެ ހަވީރު ބޭއްވި ސައިކަލު ބުރުގައި ރަށުގެ ނިސްބަތުން ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިކަން ފާހަގަކޮށްލެވެ އެވެ.

މި ސައިކަލު ބުރަށް ބަލާ އިރު އިންތިޒާމުކުރުމުގައިވެސް އިސްކޮށް އުޅުނީވެސް އެމްޑީޕީއަށް ތާއިދުކުރާ ޒުވާނުންނެވެ. އެގޮތުން ބަނދަރު ސަރަހައްދު ދިގަލިގެއާ ދިމާލުން ސައިކަލު ބުރު ފަށައިގެން ގޮސް އެމްޑީޕީގެ ކެމްޕޭން ލަވަތައްޖަހަމުން ރަށު ތެރޭގައި ދުއްވުމަށްފަހު، ނިންމާލީ ސައިކަލު ބުރު ފެށި ތަނަށެވެ.

ނަޝީދަށް ތާއީދު ކުރުމުގެ ގޮތުން ބޭއްވި ސައިކަލު ބުރުގައި އޭދަފުށީ ޒުވާނުން ތިބީ ރައީސް ނަޝީދުއާ އެކުގައި ކަމަށާއި، ރިޔާސީ އިންތިހާބުގައި އެއްބުރުން ރައީސް ނަޝީދު ހޮއްވަވައިދެއްވާނެ ކަމަށް ސައިކަލު ބުރުގެ ބައިވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ބާޣީން ހިފާ ހައްޔަރު ކުރުމަށްވެސް މި ސައިކަލުބުރުގައި ގޮވާލާފައިވެ އެވެ.

އެމްޑީޕީން ބުނީ އަންނަ ހުކުރުދުވަހު ހަވީރުވެސް ސައިކަލު ބުރެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. RIFU

    ސައިކަލް ބުރުތައް އެއްބުރުން ބޭއްވިޔަސް ، އިންތިހާބު އެއްބުރުން ކާމިޔާބު ކުރާކަށް ނުކުރޭނެ……..ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާ ބަައެއް…..ﷲ އިރާދަކުރެއްވިޔާ އެކަހަލަ ……… ރާއްޖޭގެ ވެރިކަމަށް އަންނާކަށް ނުކެރޭނެ…..ﷲ އިރާދަ ކުރެއްވި މީހަކަށް ވެރިކަން ލިބޭނީ…………

    ރައްދު
  2. hirafus

    އެމްޑިޕީ ޚަބަރެއް ޖެހީމަ ލާދީނީ ވާން ވެއްޖެޔާ ކޮބާ ސަލާމަތް. މީހުނޭ އަޕްޑޭޓް ވޭ. ވިސްނުމަށް ތަރައްގީ ގެނޭ.

    ރައްދު
  3. Ibba

    ތޯރިގު ކަލޭވެސް ލާދީނީ ޝައިތާނީ ފިކުރަށް ތަބާވިދޯ. ފާޅުގަ ހުރިހާކަމެއް އެގޭއިރުވެސް އެމީހުންނާ ގުޅުނީ ކޮން މާއްދީ ފައިދާއެއް ލިބިގެންތަ؟ ﷲ މޮޅަށް ދެނެވޮޑިގެންވާނެ. އެންމެނަށް ހެޔޮގޮތް ދައްކަވާންދޭވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.