ހިތާދު އާއި ދޮންފަނުގައި ކުނި މެނޭޖުކުރާ މަރުކަޒު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ބ. ހިތާދޫ އާއި ދޮންފަނުގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އެންވަޔަރމެންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ބ. ދޮންފަނުގައި އިމާރާތްކުރާ ކުނި މެނޭޖުކުރަ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެހިކޮން ޕްރައިވެޓް ލިމިޑެޓާއެވެ. ދެ މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ އެ މަސައްކަތް 120 ދުވަސްތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.

އަދި ބ. ހިތާދޫގައި މަރުކަޒު އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލް-އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގައިވާ ގޮތުން 1.7 މިލިއަން ރުފިޔާއަށް އެ މައްސައްކަތް ތިން މަސްތެރޭގައި ނިންމަން ޖެހެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ އަދިވެސް ބައެއް ރަށްރަށުގައި ކުނި މެނޭޖުކުރެވޭނެ ވަސީލަތްތައް ޤާއިމުވެފައި ނެތްކަމަށާއި އެކަން ހައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.