އެމްއައިބީގެ 1.5 މިލިއަން ރުފިޔާގެ ހިއްސާ ދަނާލަށް ގަނެފި

ދަނާލަށް 1.5 މިލިއަން ރުފިޔާގެ ހިއްސާ ސަބްސްކްރައިބްކުރުން — އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހިއްސާ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަށުން ހިންގަމުން އަންނަ އޭދަފުށީ ރެސިޑެންޝިއަލް ލާނިން ސެންޓަރު (ދަނާލު) އިން ސަބްސްކްރައިބް ކޮށްފި އެވެ.

އޭދަފުށީ ސަލްސާ ރިޓްރީޓް ރެސްޓޯރަންޓްގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި ދަނާލު ބޯޑުގެ ފަރާތުން ހިއްސާ ބައްލަވައިގަތީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު އާއި ދަނާލުކަންތައް ހިންގުމާއި ހަވާލުވެހުންނެވި ސްކޫލުގެ އެޑްމިނިސްޓްރޭޓަރު އަހްމަދު އަލީއެވެ.

ދަނާލު ބޯޑުން ވަނީ އިސްލާމިކް ބޭންކުގެ ހިއްސާ ގަތުމަށް ދަނާލުގެ ޓްރަސްޓު ފަންޑުން 1،500،100 ރުފިޔާ ޚަރަދުކޮށްފަ އެވެ. އެއީ 42860 ހިއްސާއެވެ.

އިސްލާމިކް ބޭންކުން ކަނޑައަޅާފައި ވަނީ 6،975،000 ހިއްސާ ވިއްކުމަށެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 28 އިން ސެޕްޓެމްބަރު 31 އަށް ހިއްސާ ވިއްކުމަށް ވަނީ ނިންމާފައެވެ.

ދަނާލުގެ ޓްރަސްޓް ފަންޑުން ވަނީ 2017 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ހަ ލައްކަ ރުފިޔާގެ ހިއްސާ ވެސް ގަނެފައެވެ.

ވޯލްޑް ބޭންކްގެ އައިއެޗްޑީ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށް 2010 ވަނައަހަރު ހިދުމަތްދޭން ފެށި ދަނާލުގައި 20 އެޕާޓްމެންޓް ހުރެއެވެ. އެއީ 4 ކޮޓަރީގެ 4 އެޕާޓްމެންޓާއި، 3 ކޮޓަރީގެ 16 އެޕާޓްމެންޓެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިވަގުތު ދަނާލުގައި 250 ހެއްހާ މީހުން ދިރިއުޅެމުންދާކަމަށާ، އެތަނުން ކުލީގެ ގޮތުގައި މަހަކު 60 ހާހަށްވުރެ ގިނަ ރުފިޔާ ލިބެމުންދާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.