އެމްއައިބީން 50،000 ހިއްސާ ބ. އަތޮޅު ކައުންސިލުން ގަނެފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ވިއްކަން ކަނޑައެޅި 31 ޕަސެންޓް ހިއްސާގެ ތެރެއިން 50،000 ހިއްސާ ބ. އަތޮޅު ކައުންސިލު ކައުންސިލުން ގަނެފިއެވެ.

ބ. އަތޮޅު ކައުންސިލުގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން ހިއްސާ ބައްލަވައިގަތީ ކައުންސިލުގެ ރައީސް މަބުރޫކް ނަސީރެވެ.

ބ. އަތޮޅު ކައުންސިލުން ވަނީ ހިއްސާ ގަތުމަށް ކައުންސިލުގެ މާލިއްޔާއިން 1،750000 ރުފިޔާ ހަރަދު ކޮށްފައެވެ. އެއީ ހިއްސާއެއް 35 ރުފިޔާގެ ރޭޓުންނެވެ.

އަތޮޅު ކައުންސިލުން ބައިލައްކަ ރުފިޔާގެ ހިއްސާ ގަތްއިރު، ދަނާލު ފަންޑުން ވެސް ވަނީ 42860  ހިއްސާ ގަނެފައެވެ.  

އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން އެ ކުންފުނީގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް އެމްއައިބީން ވަނީ ނިންމައިފަ އެވެ.

އެމްއައިބީން ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށްގެން ހިއްސާ ގަނެވޭނެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން މި އެޕްލިކޭޝަން ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އެމްއައިބީގެ ހިއްސާ ގަނެވޭނެ އެވެ.

އިންފިނިޓީ ޕޯޓަލް އާއި ކަލެކްޝަން ސެންޓަރުގެ އިތުރުން މާލޭގައި ހުންނަ އެމްއައިބީގެ މެއިން ބްރާންޗާއި، އަތޮޅުތަކުގެ ބްރާންޗުތަކުން ވެސް ހިއްސާ ގަނެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.