މޮލައިސް: އެންމެފަހުގެ ބްރޭންޑް ތަކަށް ޚާއްސަ

މޮލައިސް. މި ފިހާރައިން އެންމެފަހުގެ ބްރޭންޑްތަކުގެ ތަފާތު ޕްރޮޑަކްޓްތައް ލިބެން ހުރޭ

އެންމެފަހުގެ ބްރޭންޑްތަކުގެ ފެޝަންތަކަށް ހާއްސަ މި ފިހާރައަކީ އެކަމަށް ވަރަށް ހާއްސަ ތަފާތު މުދާ ވިއްކާ ފިހާރައެކެވެ. “މޮލައިސް” ހާއްސަ ވަނީ ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް އެންމެފަހުގެ ފެޝަންތަކުގެ އޮރިޖިނަލް ބްރޭންޑްތަކުގެ ތަފާތު އެކި ބާވަތްތަކުގެ މުދާ ލިބެން ހުރީތީ އެވެ.

އޭދަފުށީ ރޯޝަނީމަގު ބޯޅަ ގަނޑު ކަރީގައި ހުންނަ މޮލައިސް އިން އަންނައުނުގެ ބާވަތްތަކުގެ އިތުރުން އަންހެންކުދިންނަށް ޚާއްސަ އެކި ވައްތަރުގެ ބޮޑީ ސްޕްރޭ އާއި ހޭންޑް ބޭގް އަދި ސައިޑް ބޭގް ލިބޭނެ އެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ އޮރިޖިނަލް ބްރޭންޑްތަކުގެ މުދާ އެކަށީގެންވާ އަގުތަކެއްގައި އިތުބާރާއެކީ ފޯރުކޮށްދިނުން،” އެ ފިހާރައިގެ މެނޭޖަރު އަހްމަދު އަސްލަމު ބުންޏެވެ.

މޮލައިސް އިން ވިއްކާ އެންމެފަހުގެ އޮރިރިޖިނަލް ބްރޭންޑް ތަކުގެ އެއްޗެހީގެ ތެރޭގައި ކްއިކްސިލްވަރ، ޓީބީ ވައި އަދި ވޮލްކޮމްގެ އިތުރުން ބިލަބޮންގް ފަދަ ބްރޭންޑްތަކުގެ ފަޓްލޫނާއި ގަމީހާއި ޓީޝާޓް ފަދަތަކެތި ހިމެނެ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ގަމީހާ ފަޓްލޫނުވެސް ހިމެނެ އެވެ.

ބޮޑު އީދާ ދިމާކޮށް އެތަނުގައި ވަނީ 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.