ދިރާގުން ގެލެކްސީ ނޯޓް 10 ލޯންޗްކޮށް، ޕްރީއޯޑަރަށް ހުޅުވާލައިފި

ކެލެކްސީ ނޯޓް 10 އަދި 10 ޕްލަސް ލޯންޗް ކުރުމުގެ ތެރެއިން– ފޮޓޯ: މިހާރު

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ ނޯޓް 10 އަދި 10+ ރާއްޖޭގައި ރަސްމީކޮށް ރޭ ތަޢާރަފުކޮށް ޕްރީ އޯޑަރ އަށް ހުޅުވާލައިފިއެވެ. މި ދެ ފޯނު ތަޢާރަފުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައިއެވެ.

ސެމްސަންގް ނޯޓް ސީރީޒް އަކީ ސެމްސަންގް ފޯނުތަކުގެ ތެރެއިން އެންމެ ފުރިހަމަ އަދި “ޕަވަރ ޔޫސަރސް” މެދުގަ އެންމެ މަގުބޫލު ފޯނު ސީރީޒް އެވެ.

ދިރާގުން ގެލެކްސީ ނޯޓް 10 ގެ ފޯނުތައް ތަފާތު 2 ކުލައެއްގައި މިފަހަރުގެ ޕްރީއޯޑަރ ކުރުމަށް ލިބިގެން ދާނެއެވެ. އެއީ އޯރާ ގްލޯ އަދި އޯރާ ބެލްކެ އެވެ.

ނޯޓް ފޯނާއި ސެމްސަންގެ އެހެނިހެން ފޯނުތަކާއި ތަފާތުކޮށްދެނީ ފޯނުގައި އެކުލެވޭ ‘އެސް ޕެން’ ފީޗާރތަކެވެ. މިފަހަރު ސެމްސަންގުން ތައާރަފްކުރި އެސް ޕެންގައި ‘އެއަރ ޖެސްޗަރ’ ނުވަތަ ރިމޯޓް ކޮންޓްރޯލް ކުރެވޭ ފީޗާރއެއް ބޭނުންކޮށްފައިވެއެވެ. މި ފީޗަރ ބޭނުންކޮށްގެން ފޯނުގެ ސްކްރީންގައި އަތްނުލައި ފޯނުގެ ތަފާތު ފަންކްޝަންތައް ބޭނުން ކޮށްލެވޭ.

ނޯޓް 10+ ގައި  4300 މިލިއޭމްޕްއަވަރ ބެޓްރީއިން މުޅިދުވަހުގެ ޗާރޖު ހިފަހައްޓާއިރު 30 މިނެޓުގެ ރެތޭގައި 70% އަށް ޗާޖްކޮށްލެވޭ ފާރސްޓް ޗާޖިންގ ފީޗަރ އެކުލެވިގެންވެއެވެ.

ދެން އެންމެ ފާހަގަކޮށްލެވެނީ ނޯޓް10+ ގެ 5 ކެމެރާއެވެ. އެއީ 1 ފްރަންޓް ކެމެރާ އާއި 4 ބެކް ކެމެރާ އެވެ. މީގެ އިތުރުން ޑިސްޕްލޭއަށް ބަލާލާއިރު ނޯޓް 10ގެ ފޯނުތަކުގައިވެސް ވަނީ ސެމްސަންގްގެ ހިތްގައިމު އިންފިނިޓީ އޯ ޑިސްޕްލޭއެވެ. އަދި މިނޫންވެސް ތަފާތު އިނޮވެޓިވް ފީޗާރސް މިފަހަރުގެ ނޯޓް 10 ފޯނުތަކުގައި ފެނިގެންދާނެއެވެ. އިތުރު މައުލޫމާތާއި ޕްރީއޯޑަރ ކުރެއްވުމަށް https://www.dhiraagu.com.mv/Samsung_Note_10.aspx

ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނުތައް، އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ތައާރަފްކުރާ ، އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެހެން ކަމުން މިފަހަރުވެސް  ދިރާގު މެދުވެރިކޮށް ނޯޓް 10 އަދި 10+ ނަންގަވާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.