ސޮނެވާ ރާޅާ އެޅުމުގެ މުބާރާތަށް ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު ސޮނެވާއިން ބޭއްވި ރާޅާ އެލޫމުގެ މުބާރާތުގެ ތެރެއިން– ފޮޓޯ ސޮނެވާ

ސޮނެވާ ގްރޫޕުން އިންތިޒާމުކޮށްގެން ބ. އަތޮޅުގައި ބާއްވާ ރާޅާއެޅުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

“ސޮނެވާ ސާފު ޕްރޯ” ނަމުގައި ބާއްވާ މި މުބާރާތް އޮންނާނީ އަންނަ އޮކްޓޯބަރު 5 ގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. މިއީ ސޮނެވާއިން މިއަތޮޅުގައި ބާއްވާ ރާޅާ އެޅުމުގެ ދެވަނަ މުބާރާތެވެ.

ރާއްޖޭގައި މަތީ ފަންތީގެ ދެ ރިސޯޓެއް ހިންގަމުން ގެންދާ ތިމާވެއްޓާއި ރަހުމަތެރިކޮށް ރިސޯޓް އޮޕަރޭޓް ކުރާ ސޮނޭވާ ގްރޫޕުން ބުނި ގޮތުގައި ބ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ސާފު ބޯޑިން ކެޓަގަރީ ހުޅުވާފައިވަނީ 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ އުމުރުފުރާއަށެވެ. މީގެ އިތުރުން ބޮޑީބޯޑިން ކެޓަގަރީގައި ހުރިހާ އުމުރުފުރާއަކުން ވެސް ބައިވެރިވެވޭނެ އެވެ.

ސޮނެވާ ގްރޫޕުން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ބޭނުމަކީ ޒުވާން ރާޅާއެޅުންތެރިން އެކުޅިވަރުގައި ކުރިއަށް ދިއުމަށް ހިތްވަރު ދިނުމެވެ. މީގެ އިތުރުން ރާއްޖެއަކީ ވަށައިގެން މޫދު އޮންނަ ގައުމަކަށްވާއިރު، މޫދު ކުޅިވަރުތަކަށް ދިވެހި ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް ސޮނެވާއިން މި މުބާރާތް ބޭއްވުމުގެ އެއް އަމާޒެވެ.

ސޮނެވާ ގްރޫޕުން ވަނީ މިދިޔަ އަހަރު ނ. އަތޮޅުގައި ވެސް ރާޅާއެޅުމުގެ މުބާރާތެއް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.