ރައީސް ވަހީދު މިއަދު އޭދަފުއްޓަށް

ރައީސް ވަހީދު މިދިޔަ އަހަރު އޭދަފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. - ފައިލް ފޮޓޯ
ރައީސް ވަހީދު މިދިޔަ އަހަރު އޭދަފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. – ފައިލް ފޮޓޯ

“ގައުމައިގެން ކުރިއަށް” ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މިއަދު އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޑިއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު އީޓީ އަށް ވިދާޅުވީ ކެމްޕެއިން ދަތުރުފުޅެއްގައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ ވަހީދު މިއަދު ހަވީރުގެ ވަގުތެއްގައި އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސޯލިހު ވިދާޅުވީ ޑރ ކޯލިޝަންގެ މި ދަތުރުގައި ވަހީދުގެ އަރިހުގައި ރަނިންމޭޓް އަހްމަދު ތަސްމީން އަލީ އާއި ކޯލިޝަންގެ އިސްބޭފުޅުންގެ ޓީމެއް ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަހީދު އޭދަފުއްޓަށް ވަޑައިގެން މިރޭ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އޭދަފުށީގައި ހަރަކާތްތެރިވާ ކެމްޕޭން ޓީމުގެ އިސްބޭފުޅުންނާ ބައްދަލުކޮށް ކެމްޕޭން ހަރަކާތްތައް ކުރިއަށްދާގޮތާބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަހީދު ބައިވެރިވަޑައިގަންނަވާ “ގައުމައިގެން ކުރިއަށް” ކޯލިޝަނުން ބާއްވާ ޖަލްސާ އޮންނާނީ މިރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.