ތައިލެންޑްގެ އަމީރާ ބ. ދޮންފަނުގައި

ތައިލެންޑުގެ އަމީރާ މަހާ ޗަކްރީ ސްރިންދޯން އޯގަސްޓް 22، 2013 ގައި ރައީސް ވަހީދުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިން.. އެކަމަނާ މިއަދު ވަނީ މިއަތޮޅު ދޮންފަނަށް ވަޑައިގެންފައި.-
ތައިލެންޑުގެ އަމީރާ މަހާ ޗަކްރީ ސްރިންދޯން އޯގަސްޓް 22، 2013 ގައި ރައީސް ވަހީދުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިން.. އެކަމަނާ މިއަދު ވަނީ މިއަތޮޅު ދޮންފަނަށް ވަޑައިގެންފައި.-

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތައިލެންޑްގެ އަމީރާ މަހާ ޗަކްރީ ސްރިންދޯން އަމިއްލަ ދަތުރުފުޅެއްގައި މިއަދު ދޮންފަނަށް ވަޑައިގެންފި އެވެ.

އަމީރާގެ މިދަތުރުފުޅަކީ ރާއްޖޭގެ ސަގާފީ ވާހަކަ ތަކުގެ ތެރެއިން އެންމެ އަސަރުގަދަ ލޯބީގެވާހަކަ ކަމަށްވާ ދޮންހިޔަލަ އާއި އަލިފުޅާބެހޭ މައުލޫމާތު ހޯދުމަށް އެ ރަށަށްކުރި ދަތުރެއްކަމަށްވެ އެވެ.  ދޮންހިޔަލަ އާއި އަލިފުޅު ވާހަކައިގައި އުޅޭ ދޮންހިޔަލަގެ މަންމަގެ ރަށަކީ ދޮންފަނެވެ.

އަމީރާ މިއަދު ހެނދުނު 10:10 ހާއިރު ދޮންފަނަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ވަނީ އެ ކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އެރަށުގެ ރައްޔިތުންގެ ފަރާތުން އެކަމަނާއަށްވަނީ ހާއްސަ ހަދިޔާއެއްވެސް އަރުވައިފަ އެވެ. ގާތްގަޑަކަށް ބައިގަޑިއިރުގެ މި ދަތުރުފުފުޅުގައި އެކަމަނާ ވަނީ އެރަށު ޕްރީ ސްކޫލަށް ވަޑައިގެން ސްކޫލް ބައްލަވައިލައްވައި އަދި އެ ސްކޫލަށް 1000 ޑޮލަރުގެ ފައިސާގެ އެހީއެއްވެސް ވެދެއްވައިފަ އެވެ.

ދޮންހިޔަލަ އާއި އަލިފުޅު މި ވާހަކައިގެ ޚުލާސާއަށް ބަލާއިރު، ދޮންފަނު ދޮން އައިސައާއ،ި މަރޮށީ މަލިމަ މޫސާއަށް ކޮޅުމަޑުލު ބުރުނީގައި ލިބުނު ރީތި ފުރިހަމަ ފަތްމިނި ދަރިފުޅު ދޮން ހިޔަލަ މީހުންނަށް ނޭގޭ ގޮތަށް އެ ދެމަފިރިން ގެންގުޅެ އެވެ. ހުޅުދެލީ އަލިފުޅަށް ދޮންހިޔަލަ ހުވަފެނުން ފެނެއެވެެ. ދޮންހިޔަލަ އާއި އަލިފުޅު އުފަންވީ އެއްވަގުތެއްގައި ކަމަށް ވެއެވެ.

މިއީ މުޅި ވާހަކަ ހަގީގަތަކަށް ނުވިޔަސް ދިވެހ ސަގާފަތާއިވެށްޓާއި، އާދަކާދަ ސިފަކޮށްދޭ ވާހަކައެއްކަން ޔަގީނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.