މާލޭގައި މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޓީމް އިވެންޓް ބައިގެ ސެމީ ފައިނަލުން ކްލަބް އޭދަފުށި ފުރުސަތު ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް އޭދަފުށި މިއަހަރުގެ މުބާރާތަށް ވެސް ކުރިމަތިލީ ރަނގަޅު އަޒުމަކާ އެކު އެވެ. އެ ގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗުން ވީއައިޕީ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދިއިރު، ދެވަނަ މެޗުން މިއަދު ހަވީރު ވަނީ ކްލަބް ސްޓެޓިކް ސީދާ ފަސް ސެޓުން ބަލިކޮށް ސެމީގެ ފުރުސަތު ހޯދައިފަ އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްލަބް އޭދަފުށި މާދަމާ ހަވީރު ނުކުންނާނީ ޑީ ސްޕޯޓްސް އާ ދެކޮޅަށެވެ.