މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ދެކޮޅަށް ބ. ތުޅާދޫގައި މިއަދު ހަވީރު ސުލްހަވެރި އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
މި އެއްވުމާބެހޭ ގޮތުން ތުޅާދޫން ވާހަކަދެއްކި މީހަކު ބުނީ މިއީ އެއްވެސް ގޮތެއްގައި ސިޔާސީ ކަމެއް ނޫން ކަމަށާއި މި އެއްވުމަކީ މި ދީނާއި ދީނުގެ ނަބިއްޔާއަށް ކުރާ ފުރައްސާރައާ ތުޅާދޫ ރައްޔިތުން ދެކޮޅުކަން އެންގުމުގެ ގޮތުން ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ.
މި ސުލްހަވެރި އެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ސައިޓް އޮފީސް ސަރަހައްދުގަ އެވެ.
އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ އަޑުއުފުލުންތައް ބާއްވަމުންނެވެ.