ގޮއިދޫ-ފެހެންދޫ ކޯޒްވޭގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ރައީސް ފެހެންދު އަށް އަރާވަޑައިގަތުމަށް ޑިންގީގައި: އެ ރަށާއި ގޮއިދޫ ގުޅާލަން އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައި. –ފޮޓޯ/ރައީސް އޮފީސް

ބ. ގޮއިދު އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 210,000 ރުފިޔާ ހިމަނައިފި އެވެ.

އާބާދީ މަދުވުމުގެ ސަބަބުން އަސާސީ ގިނަ ޚިދުމަތްތަކުން މަހްރޫމްވެފައި އޮތް ފެހެންދޫ ކޯޒްވޭގެ ވައުދަކީ އަސާސީ ޚިދުމަތްތަކަށް އެ ރަށުގެ ރައްޔިތުން ކޮންމެ ދުވަހަކު އުފުލާ ތަކުލީފަށް ލުޔެއް ލިބޭނެ ކަމުގެ އުއްމީދެކެވެ.

އެއް ފަޅެއްގެ ތެރޭގައި އޮންނަ ދެ ރަށް ގުޅުވާލުމަކީ ރައްޔިތުންނަށް ފައިދާކުރާނެ އަދި ސަރުކާރަށް ޚަރަދު ކުޑަވާނެ ކަމެއްކަމަށް އެރަށުގެ ގިނަ ބަޔަކު ދެކެއެވެ. އެގޮތުން އެންމެ ބޮޑު ލުޔެއް ލިބޭނީ ތައުލީމާއި ސިއްހީ ޚިދުމަތްތައް ހޯދުމަށެވެ.

އާބާދީ މަދުކަމުން ފެހެންދޫން ތައުލީމެއް ނުލިބެ އެވެ. އެ ރަށުގެ ދަރިވަރުން ޑިންގީއެއްގައި ކިޔަވަން ދަނީ ގޮއިދު އަށެވެ. ހަމަ މިގޮތަށް، ސިއްޚީ ޚިދުމަތްތަކުގައި ވެސް ބަރޯސާ ވަނީ ގޮއިދު އަށެވެ. ފެހެންދޫގެ ހެލްތު ސެންޓަރެއް ހުރި ނަމަވެސް މާ ބޮޑު ބޭނުމެއް ނުހިފެ އެވެ. އެންމެ އާދައިގެ ކަންކަމުގައި ވެސް ފަރުވާއެއް ލިބެނީ ގޮއިދޫންނެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓްގައި ފެހެންދޫ-ގޮއިދޫ ކޯޒްވޭ ހަދަން 2021 ވަނަ އަހަރަށް 16،200،000 ރުފިޔާ އަދި 2022 ވަނަ އަހަރަށް 9،915،000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ކޯޒްވޭގެ އިތުރުން، ފެހެންދޫ އަދި ގޮއިދޫގެ ފެނާ ނަރުދަމާ ގާއިމުކުރުމާއި، ފެހެންދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމާއި ފެހެންދޫ ބަނދަރު ހަދައި ގޮއިދޫ ބަނދަރު އަޕްގްރޭޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.