ލަފާފުރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ފެހެންދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މިއީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ފެހެންދޫ ބަނދަރުގެ މަސައްކަތަށް 49.6 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އެ މަސައްކަތް 390 ދުވަހުގެ ތެރޭ ނިންމުމަށް ކަނޑައަޅާފައިވާއިރު ބަނދަރު ފުންކޮށް ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވެ އެވެ. އަދި ބޭރު ތޮށި ހެދުމުގެ އިތުރުން ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހަދަން ހަމަޖެހިފައިވެ އެވެ.
ފެހެންދޫ ބަނދަރުގެ މަސައްކަތް ފަށަން ބޭނުންވާ ސާމާނު އިއްޔެ އެރަށް ގެނައިއިރު، މިދިޔަ ހަފްތާ ވަނީ އެރަށާ އެއްފަޅެއްގައި އޮންނަ ފުޅަދޫ ބަނދަރުގެ މަސައްކަތް ފަށައިފަ އެވެ.
Mibandaru he masakaiy 2017′ 2018 Baba aharuhe bajetugai raees Yasmeen vanee himanaafai. 2005 Baba aharu maumoon mivaahaka dhekki