
ޕީޕީއެމްއާއި އެމްޑީޕީން ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން ރޭވެސް އޭދަފުށީގެ ދެ ސަރަހައްދެއްގައި ދެ ޕާޓީގެ އެއްވުންތައް ކުރިޔަށް ގެންގޮސްފި އެވެ.
ޕީޕީއެމްގެ ބައްދަލުވުން ކުރިޔަށްދިޔައީ އޭދަފުށީ މަގޫމާގޭ ކުރިމަތީގަ އެވެ. އެމްޑީޕީ ބައްދަލުވުން ކުރިޔަށްދިޔައީ އޭދަފުށީ ދިޔަވަރުގޭ ކައިރީގަ އެވެ.
ދެ ޕާޓީގެ ބައްދަލުވުމަށްވެސް އެކަށީގެންވާ ވަރަށް މީހުންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ދެ ޕާޓީންވެސް ރޭގެބައްދަލުވުންތަކުގައި އެޕާޓީތަކުގެ ސިޔާސަތުތައްޕްރޮމޯޓްކުރުމާ، އިދިކޮޅު ސިޔާސަތުތަކަށް ފާޑުކިޔާ ވާހަކަދައްކާފައިވެއެވެ
އެމްޑީޕީން ބުނީ މާދަމާ ރޭވެސް އެ ޕާޓީން ހަޒާރުމާގޭ ކަންމަތި ކައިރީގައި ބައްދަލުވުމެއް ބާއްވާނެކަމަށެވެ. އަދި ޕީޕީއެމުންވެސް މާދަމާރޭ ހުޅަނގު ސަރަހައްދު ފެހިގެ ކައިރީގައި ބައްދަލުވުމެއް ބާއްވާނެކަމަށް ވަނީ ބުނެފައެވެ.