މާދަމާ ނަޝީދުގެ ފަރާތުން ރާއްޖޭގެ ހުރިހާ ގެއަކަށް

ނަޝީދު މިއަހަރުގެ ޖޫންމަހު އޭދަފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ނަޝީދު މިއަހަރުގެ ޖޫންމަހު އޭދަފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

 

އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ “ފަރާތްޕުޅުން ރާއްޖޭގެ ހުރިހާ ގެއަކަށް – ދޮރުން ދޮރަށް” ވަނުމަށް މާދަމާ ހެނދުނު 9:30 ގައި ފަށާނެކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބުނީ މި ހަރަކާތުގައި އެމްޑީޕީގެ ފަރާތުން ވޯޓުލާދުވަހުގެ ކަންތައް ކުރިއަށް ދާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ވޯޓުލުމާ ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު އަރުވާ ހުރިހާކަމެއް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

މާލޭގައި މި މަސައްކަތް ކުރިއަށް ދާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުވެސް ދޮރުން ދޮރަށް ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ވިސްނުމާއި ފިކުރާއެކު ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމަށް ވަކާލާތު ކުރާ ޕާޓީއެއް ކަމުން ވީހާވެސް ގިނަ އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތެރިންނާއި އެމްޑީޕީއަށް ތާއީދުކުރާ ހުރިހާ ބޭފުޅުންވެސް މި މަސައްކަތުގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ އެދިވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.