އޭދަފުށީގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް އިތުރުކޮށްފި

414141
އެމްޑީޕީން ބޭއްވި “އެއްބުރުން” ސައިކަލު ބުރުގެ ތެރެއިން.

 

އަންނަމަހު 7 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހޮވުމަށްޓަކައި އޭދަފުށީގައި އިތުރު ހަރަކާތްތަކެއް ފަށައިގެން ކުރިއަށްދާކަމަށް ކެމްޕޭން ޓީމުން ބުނެފި އެވެ.

އޭދަފުށީގައި ކުރިޔަށްދާ “އެއްބުރުން” ކެމްޕެއިން ހަރަކާތާ ގުޅޭގޮތުން ކެމްޕެއިން ޓީމުން ބުނީ އެމްޑީޕީގެ “ބިރަކާނުލާ މަޖާކުރުން” ސިޔާސަތުގެ ދަށުން މި މަހުގެ 28 ވަނަ ދުވަހު  ޗެމްޕިއަން ޓީމަށް ސައިކަލެއް ލިބޭ ފުޓްސަލް މުބާރާތެއް ފަށާފައިވާ ކަމަށެވެ. އަދި މި މުބާރާތަށް ފަހު މާދަމާ “އެއްބުރުން ބަށި މުބާރާތެއް” ވެސް ފަށާނެކަމަށް އެމްޑީޕީން ބުންޏެވެ. ބަށި މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުން 15 ބައިސްކަލް ދިނުމަށް އެ ޕާޓީން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މާދަމާ ނަޝީދުގެ “ފަރާތްޕުޅުން ރާއްޖޭގެ ހުރިހާ ގެއަކަށް – ދޮރުން ދޮރަށް” ފެށުމަށް ހަމޖެހިފައިވާ ކެމްޕޭން އޭދަފުށީގައިވެސް ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ދޮރުން ދޮރަށް ހިނގާއިރު އެމްޑީޕީގެ މެނިފެސްޓޯ ބެހުންވެސް ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި މޫސުން ރަނގަޅުނަމަ މާދަމާރޭ ބާބަކިޔު އެއް އޭދަފުށީ އުސްފަސްގަޑުގައި ބޭއްވުމަށްވެސް އެ ޕާޓީން ދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން ކޮންމެ ދެ ރެއިން އެއްރޭ ސިލްސިލާކޮށް ކުރިއަށްގެންދާ “އެއްބުރުން ކަންމަތީ ޖަލްސާ” ތައްވެސް ކުރިއަށްދާނެ ކަމަށް އެ ޕާޓިން ބުންޏެވެ.

އޭދަފުށީގައި ހަރަކާތްތެރިވާ އެމްޑީޕީގެ ކެމްޕެއިން ޓީމުން މައުލޫމާތު ދިންގޮތުގައި މިރަށުން އެމްޑީޕީއަށް ކުރާ ސަޕޯޓު އެއްދުވަހުން އެނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. ali

    އޭދަފުއްޓަކީ ޕީ.ޕީ.އެމް ގެ މެޖޯރިޓީ ރަށެއް. އެމް.ޑީ.ޕީ ގައި ގިނައީ ތާކުން ތާކުން ނުޖެހޭ މީހުން. އެޕާޓީ ވާނީ ހަމަ ބަލި.

    ރައްދު
  2. kkkkkkkkk

    އުސްފަސްގަނޑެއް އޮންނަ ކަމެއް ނުދެނެހުރިން………..އެއްބުރުން ފެއިލް……….ބިރަކާނުލާ މަޖާކުރާ މޑޕ………..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.