ޙައްޖާ ޢުމްރާގެ އަޅުކަން

 

 

ޙައްޖުވެރިޔާ މައްކާގައި (1)

ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން ދެނެގަންނަން ޖެހޭ ގޮތުގައި ތިމާ މިހުރީ ދުނިޔޭގައިވާ އެންމެ މާތް ބިމުގައިކަމެވެ. އަދި ހަމައެއާއިއެކު މިބިމުގައި ކުރެވޭ ހެޔޮ ކަންތައް އެތައް ގުނައަކަށް އިތުރު ވެގެންދާ ކަމެކެވެ. އެހެން ކަމުން މިބިމާއި މިބިމުގައި ވާހާ ތަކެއްޗަށް ކަމޭ ހިތުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

الحج: ސޫރަތުގެ ٣ވަނަ އާޔަތުގެ މާނައިގައި ވެއެވެ.: “(ކަންހުރިމަގީ) އެއީއެވެ. އަދި اللَّهގެ حرمةތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެކަންތައް އެމީހެއްގެ ވެރި ރަސްކަލާނގެحضرةގައި ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް نعمސޫފި حلالކުރައްވާފައިވެއެވެ. (قرآنގައި ނަންގަނެވި) ތިޔަބައިމީހުންނަށް ކިޔައިދެއްވާ ތަކެތި މެނުވީއެވެ. ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ!”

الحج: ސޫރަތުގެ ٣٢ވަނަ އާޔަތުގެ މާނައިގައި ވެއެވެ. : (ކަންހުރިމަގީ) އެއީއެވެ. އަދި اللَّهގެ شعائرތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حجގެ عملތަކާއި، އެނޫންވެސް دينى أمرތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوىވެރިކަމުގެ ތެރެއިންނެވެ.

އަލްއިމާމް ޒުހުރީވިދާޅުވެފައިވެއެވެ. މާތް ވެގެންވާ މައްކާއަށް ވަނުމަށް ފަހުގައި އެތާގައި އެއްވެސް މީހަކަށް އުނދަގޫނުކުރުމާއި ފުރައްސާރަނުކުރުމާއި މަލާމަތް ނުކޮށްހެދުމެވެ.

الحج: ސޫރަތުގެ ٢٥ވަނަ އާޔަތުގެ މާނައިގައި ވެއެވެ. ” ހަމަކަށަވަރުން، كافرވެ، اللَّهގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި قائمވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި، ހަމަހަމަވާގޮތުން، މީސްތަކުންނަށްޓަކައި، ތިމަންރަސްކަލާނގެ ލެއްވި المسجد الحرامން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި އަނިޔާވެރިކަމާއެކު، دينއާ خلاف ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި عذابން ރަހަދައްކަވާހުށީމެވެ.

މައްކާގައި ހޭދަ ކުރާ ދުވަސް ތަކުގައި ބޭކާރު ކަންކަން ދޫކުރުމަށް އާދަ ކުރާށެވެ. މައްކާއަށް އައުމުގެ ފުރިހަމަ ލަނޑުދަޑި އާއި މެދު ވިސްނާށެވެ. ނަމާދުކުރުމާއި، ޠަވާފް ކުރުމާއި، ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމާއި، ދުޢާކުރުމުގައި ވަގުތުތައް ހޭދަ ކުރުމަށް އާދަކުރައްވާށެވެ.އެހެން ކަމުން މައްކާގައި ހޭދަ ކުރައްވާ ދުވަސް ވަރު ބޭކާރު ވާހަކަތައް ދެއްކުމާއި ފާހިޝް ޢަމަލް ތަކުން ދުރުވެ ރައްކާތެރިވެ ތިބެން ޖެހެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ .” مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ ، وَلاَ أَحَبّ إِلَى اللهِ العَمَل فِيْهِنَّ مِنْ أَيَّامِ الْعَشْرِ ، فَأَكْثِرُوا فِيْهِنَّ مِنْ التَّسْبِيْحِ ، وَالتَّحْمِيْدِ ، وَالتَّهْلِيْلِ ، وَالتَّكْبِيْرِ ” رواه أحمد والطبراني ] (ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަހަށްވުރެ، ﷲ ގެ ޙަޟްރަތުގައި ލޮބުވެތި، އަދި (މާތްކަން) ބޮޑު ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެ ދުވަސްތަކުގައި ތަސްބީޙަ ކިޔުމާއި، ޙަމްދު ޘަނާ ކިޔުމާއި، ތަހުލީލު ކިޔުމާއި، ތަކުބީރު ކިޔުން ގިނަ ކުރާށެވެ.

عن أبي هريرة رضي الله عنه، قال: سمعت النبي صلى الله عليه وسلم يقول: “مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ” ( رواه البخاري)
މާތް ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާ ވިދާޅުވިއެވެ. ތިމަން ކަލޭފާނު ކީރިތި ރަސޫލާ ޙަދީޡް ކުރެއްވި އަނޑު އެހީމެވެ. ހަޑި ހުތުރު ބަހުން މުޢާމަލާތު ނުކުރުމާ، އަދި ފާސިޤު ޢަމަލް ނުކޮށް، ﷲ އަށް ޓަކއި ޙައްޖު އަދާކޮއްފި މީހާ ދަންނާށެވެ. އޭނާގެ މަންމަ އޭނާ ވިހެއި ދުވަސްފަދައިން އެނބުރި އަތުވެއްޖެއެވެ.
عن أبي هريرة رضي الله عنه، قال: قال رسول الله صلى الله عليه وسلم: ” الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ مَا بَيْنَهُمَا وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ” (متفق عليه)
މާތް ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ. ޢުމްރާ ވުމަކީ ދެޢުމްރާ ދެމެދުގައި ކުރެވޭ ކުއްފާފައިގެ ކައްފާރާއެކެވެ. ކުދިފާފަ ފުއްސަވާކަމެކެވެ. އަދި ހެޔޮގޮތުގައި ވެވޭ ޙައްޖު އަށް ހުރި ޡަވާބު އަކީ ހަމަ ކަށަވަރުން ސުވަރުގެއެވެ.

ޙައްޖާއި ޢުމްރާގެ މާނަ:(2)

 

ޢަރަބި ބަހުގައި ޙައްޖުގެ މާނައަކީ މާތް ތަނަކަށް ދިއުމަށް ޤަސްދުކޮށްގެން އެތަނަކަށް ދިއުމެވެ.
ޝަރުއީ ގޮތުން ޙައްޖަކީ ޚާއްޞަ ކަންތައްތަކެއް އަދާކުރުމަށް ގަސްތުކޮށްގެން ޚާއްޞަ ވަގުތެއްގައި ގެފުޅުގެ އަރިހަށް ދިއުމެވެ.

ޢަރަބި ބަހުގައި ޢުމްރާގެ މާނައަކީ ޒިޔާރަތް ކުރުމެވެ.
ޝަރްޢީގޮތުން ޢުމްރާއަކީ ވަކި ޚާއްސަކަމަކަށްޓަކައި ގެފުޅަށްޒިޔާރަތް ކުރުމެވެ.

ޙައްޖާއި ޢުމްރާ ޝަރުޢު ކުރެއްވުން(3)

ޙައްޖަކީ ވާޖިބު ކަމެއްކަމަށް ހުރިހާ ދަންނަބޭކަލުން އެއްބަސްވެލައްވައެވެ.

آل عمران: ސޫރަތުގެ٩٦ – ٩٧ ވަނަ އާޔަތުގެ މާނައިގައި ވެއެވެ. މާނައީ: “ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكةގައިވާ ގެފުޅުކަން ކަށަވަރެވެ. بركاتލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالمތަކަށް ތެދުމަގެއް ކަމުގައެވެ.ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيمގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެحرمފުޅަށް)ވަދެއްޖެމީހާއީ، أمانކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصدކޮށްގެންދިއުމީ، (އެބަހީ: حجވުމަކީ) اللَّهއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجبއެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، އެންމެހާ عالمތައް ފިޔަވައި، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.”

އެހެން ނަމަވެސް ޢުމްރާގެ ޙުކުމާއި ދޭތެރޭގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބައެއް ދަންނަބޭކަލުންގެ އަރިހުގައި ޢުމްރާއަކީ ވަޖިބު ކަމެކެވެ. މިބޭކަލުންގެ ދަލީލަކީ : البقرة: ١٩٦ އާޔަތެވެ، މާނައަކީ: “ތިޔަބައިމީހުން اللَّهއަށްޓަކައި حجއާއި عمرة ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުން إحصارވެއްޖެނަމަ، (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން، ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް، حجވުމަށް ނުވަތަ عمرةވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ) هَدْىގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. އަދި هَدْى، އެ ކަތިލުމުގެ محلއަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެމީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ، ރޯދައިން، ނުވަތަ صدقاتއެއް ދިނުމުން ނުވަތަ ކަތިލުމަކުން فديةއެއް ދިނުން ހުށްޓެވެ. ފަހެ، ތިޔަބައިމީހުންނަށް أمانކަން ލިބިއްޖެނަމަ عمرةއަށްފަހު، حجއާ ހަމަޔަށް ދާނދެން އަރާމު ލިބިގެންފިމީހާ (އެބަހީ: حجގެ ދުވަސްވަރުގައި عمرةގެ އަޅުކަން ނިމި، إحرام ކަނޑައިފުމުން، إحرامގެ ސަބަބުން حرامވާ ކަންތައްތައް ހުއްދަވުމަށްފަހު، مكةގައި ހުރެ އަލުން حجއަށް إحرامބަނދެފި މީހާ) هَدْىގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. ފަހެ، އެފަދަ އެއްޗެއް ނުލިބިއްޖެމީހާ حجގެތެރޭގައި ތިން ދުވަހު، އަދި حجން އެބުރި އައުމަށްފަހު ހަތް ދުވަހު ރޯދަހިފުން ހުށްޓެވެ. އެއީ ފުރިހަމަ ދިހަ ދުވަހެވެ. އެކަންއޮތީ، އެމީހެއްގެ أهلވެރިން حرمةތެރި ވެގެންވާ މިސްކިތް ހުރި ރަށުގެ ވަޒަންވެރިން ކަމުގައި ނުވާ މީހަކަށެވެ. އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ހަމަކަށަވަރުން، اللَّهއީ عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!”

އަނެއްބައި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޢުމްރާ ކުރުމަކީ ސުންނަތެކެވެ.
عَنْ جَابِرٍ أَنَّهُ قَالَ قُلْتُ : يَا رَسُولَ اللَّهِ الْعُمْرَةُ وَاجِبَةٌ وَفَرَيضَتُهَا كَفَرِيضَةِ الْحَجِّ؟ قَالَ :« لاَ وَأَنْ تَعْتَمِرَ خَيْرٌ لَكَ ».
މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނު އަރިހުން ރިވާކުރެއްވިގެންވެއެވެ.ތިމަންނަ ކީރިތި ރަސޫލާއާއި ޢުމްރާއަކީ ވާޖިބެއްތޯ ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ޢުމްރާ ކުރުމަކީ ދަރުމައާއި ޘަވާބު އިތުރުވެގެންދާނެ ކަމެކެވެ.

آل عمران: ٩٧ ވަނަ އާޔަތުގެ މާނައީ : ” ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيمގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرمފުޅަށް) ވަދެއްޖެ މީހާއީ،
أمانކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصدކޮށްގެންދިއުމީ، (އެބަހީ: حجވުމަކީ) اللَّهއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجبއެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، އެންމެހާ عالمތައް ފިޔަވައި، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.”

އިސްވެދިޔަޙަދީޘް އާއި އާޔަތުގެ އަލީގައި ގިނަދަންނަ ބޭކަލުން ވިދާޅުވަނީ ޢުމްރާއަކީ ސުންނަތެއް ކަމުގައެވެ. ޙައްޖު ފަރުޟު ކުރެވުނީ ހިޖުރައިން 9 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

ޙައްޖާއި ޢުމްރާގެ މާތްކަން (4)

1. ޙައްޖުގެ ސަބަބުން ފާފަތައް ފުއްސަވާދެއްވުމާއި ނަފްސު ތާހިރުވުން.

2. އިސްލާމީ ޤައުމުތަކުގެ އަފްރާދުންގެ މެދުގައި ހޭލުންތެރިކަން އިތުރުވުން
3. އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ހަމަހަމަކަން ހާމަވުން
4. ޙައްޖާއި ޢުމްރާއަކީ އާޚިރަތް ދުވަހުގެ މަތިން ހަނދާންކޮށްދޭ ކަންތައްތަކެއް.
5. މިއަޅުކަމަކީ ނިޢުމަތްތަކަށް ޝުކުރުކުރުން ހިމެނޭ ކަމެއް.
6. އިސްލާމީ ދަޢުވަތު ފެތުރުމަށް މަސައްކަތް ކުރާ މީހުންގެ ޙަރަކާތްތަކަށް ތާޢިދާ މަދަދު ލިބުން
7. ައްޙަމިއަޅުކަމަކީ ކެތްތެރިވާން ދަސްކޮށްދޭއަޅުކަމެއް
8. ޙައްޖަކީ އިބްރާހީމްގެފާނުގެ މުޅި ޢާއިލާ ފަރާތުން މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން ދަސްކުރަންޖެހޭ ނަމޫނާއެއް.
9. އިސްލާމީ އުއްމަތުގެ އެއްބަޔަކާއި އަނެއްބަޔަކު ތަޢާރަފްވުމަށް ލިބޭ ވަރަށް މާތް ފުރުޞަތެއް
10. މަބުރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނެތް
11. ޢުމްރާއަކަށްފަހު ޢުމްރާއެއް އަދާކުރުމަކީ އެދެމެދުގައި ކުރެވޭ ކުށް ފާފަތަކުގެ ކައްފާރާއެއް
12. ޙައްޖަށްޓަކައި ހޭދަކުރާ ހޭދަކުރުމުގެ ޘަވާބު 700 ގުނައަށް އިތުރުވުން
13. ޙައްޖުވެރިންނާއި ޢުމްރާވެރިން ކުރާ ދުޢާ އިޖާބަކުރެއްވުން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.