ރިޔާސީ އިންތިހާބުގައި ބ. އަތޮޅުގައި 21 ވޯޓު ފޮށި

ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓްލަނީ-- ފައިލްފޮޓޯ
ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓްލަނީ– ފައިލްފޮޓޯ

 

އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ބ. އަތޮޅުގައި 21 ފޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

މިއަތޮޅުގައި ބަހައްޓަން ހަމަޖެހިފައިވާ 22 ފޮށީގެ ތެރޭގައި މި އަތޮޅުގެ ބައެއް ރިސޯޓްތަކުގައި ބަހައްޓާ ވޯޓް ފޮށިތައް ވެސް ހިމެނެއެވެ.

މި އިންތިހާބުގައި ވޯޓުލުމަށް އޭދަފުއްޓާއި ތުޅާދޫގައި ތިން ވޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް އޮފީހުން އިއުލާންކޮށްފައި ވެ އެވެ. އޭދަފުށީގައި ބަހައްޓާ އެއް ނަންބަރު ވޯޓްފޮށި ބަހައްޓާނީ މިރަށު ބަހިއްޔާ ޕްރީ ސްކޫލުގަ އެވެ. މި ވޯޓް ފޮށްޓަށް ވޯޓްލާނީ މިރަށު އިރުމަތީ ސަރަހައްދުގައި ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މެދު ސަރަހައްދުން މިރަށު ޑެޒީ ހިނގުމުގެ އިރުން، ނޮޅުމަގުގެ އިރުން ހުރި ގޭގޭގެ ރަޖިސްތްރީގައިވާ މީހުންނެވެ.

 ދެ ނަންބަރު ވޯޓްފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައި ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. މި ފޮށްޓަށް ވޯޓްލާނީ ޑޭޒީހިނގުމުގެ ހުޅަގުން، ނޮޅިމަގުގެ ހުޅަނގުން، ސަބްނަމު މަގުގެ އިރުން ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. މިރަށޫގައި ބަހައްޓާ ތިން ނަންބަރު ވޯޓްފޮށި ބަހައްޓާނީ ބ. އަތޮޅުހޮސްޕިޓަލުގަ އެވެ. މި ފޮށްޓަށް ވޯޓްލާނީ ސަބްނަމު މަގުގެ ހުޅަނގުން ހުރިހާ ގޭގޭގެ ރަޖިސްޓްރީގައި ތިބި މީހުންނާއި އޭދަފުށީގައި ދިރިއުޅޭ އެހެން ރަށަރަށުގެ މީހުންނެވެ.

ތުޅާދޫގައި ބަހައްޓާ އެއް ނަންބަރު ވޯޓްފޮށި އެރަށު ސްކޫލު ޕޯޓިކޯ ތެރޭގައި، އަދި ދެ ނަންބަރު ވޯޓްފޮށި ބަހައްތަން ހަމަޖެހިފައި ވަނީ އެ ރަށު ސްކޫލުގެ އިރުމަތީކޮޅު ހޯލުގަ އެވެ. ތިން ނަންބަރު ވޯޓްވޮށި ބަހައްޓާނީ އެރަށޫ ސްކޫލު ހޯލުގެ ހުޅަނގު ކޮޅުގަ އެވެ. .

ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، ހިތާދޫ، ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫގައި ވޯޓްފޮށި ބަހައްޓާނީ މިރަށް ރަށުގެ ސްކޫލު މަދަރުސާތަކުގައި ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ އިއުލާނުގައި ބުނެފައި ވެ އެވެ.

މިއަތޮޅުގައި ރިސޯޓްތަކުގައި ވޯޓް ފޮށިތައް ހުންނާނީ ރޯޔަލް، އަނަންތަރާ ކިހަވައްވިލާސް އަދި ޑްސިޓްތާނީ މޯލްޑިވްސް ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.