އޭދަފުށީގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބޭނެކަން ޔަގީން: ކެމްޕޭން މެނޭޖަރު

މުހައްމަދު ނަސީރު ޕީޕީއެމް ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަނީ -- ފައިލް ފޮޓޯ
މުހައްމަދު ނަސީރު ޕީޕީއެމް ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަނީ — ފައިލް ފޮޓޯ

 

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި އޭދަފުއްޓަށް ވޯޓްލާ މީހުންގެ މެޖޯރިޓީ ޕީޕީއެމަށް ލިބޭނެކަން ޔަގީން ވެފައިވާކަމަށް ޕީޕީއެމް އޭދަފުށީ ކެމްޕޭން ޓީމުގެ މެނޭޖަރު ބުނެފި އެވެ.

އޭދަފުށީ ދެވިނަގޭގައި ހުންނަ ކެންޕޭން އޮފީހުގައި މިއަދު ހެނދުނު އީޓީއަށް ދިން އިންޓަވިއުއެއްގައި ޕީޕީއެމް އޭދަފުށީ ކެންޕޭން މެނޭޖަރު މުހައްމަދު ނަސީރު ބުނީ އޭދަފުއްޓަށް ވޯޓްލާނެ މީހުންގެ އަދަދު ގާތްގަޑަކަށް 1400 އަށްވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށާއި، އޭގެތެރެއިން 800 ވޯޓް ޕީޕީއެމްއަށް ޔަގީންވެފައިވާކަން ފަހުގެ ހިސާބުތަކުން ދައްކާފައިވާ ކަމަށެވެ. އޭނާ ބުނީ އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މިއަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތްކަމަށާ، އެކަމަށް އިތުރު މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

“އަޅުގަނޑުމެން މިބަލަނީ ކޮންމެ ގެ އަކުންވެސް ވޯޓްލާ ސީދާމީހާގެ ހިޔާލުހުރިގޮތް. އެންމެފަހުގެ ހިސާބުތަކުން 800 ވޯޓް ހަމަގައިމުވޭ. މިއަދަދު ދެންވާނީ ވިޔަސް އިތުރު. އެއީ މިހާރުގެ ހިސާބުތަކުގައި ހީއަކަށް އެއްވެސް މީހެއްގެ ވޯޓެއް ކައުންޓެއް ނުކުރަން. އެހެންވީމާ އިތުރުވާނެ އަދިވެސް.” މުހައްމަދު ނަސީރު ބުންޏެވެ.

މުހައްމަދު ނަސީރު ބުނީ މިވަގުތުގެ އޭދަފުށީގެ ވޯޓްގެ ތަފާސް ހިސާބުތަކުން 53 ޕަސެންޓް ޕީޕީއެމަށް ޔަގީންވާއިރު، އެމްޑީޕީއަށް ލިބޭނެކަމަށް ދައްކަނީ 400 އެއްހާ ވޯޓްކަމަށާ އެއީ ވޯޓްގެ 26 އިންސައްތަކަމަށެވެ. އޭނާ ބުނީ ޖުމްހޫރީ ކޯލިޝަނަށް އޭދަފުށިން ބޮޑުތާއީދެއް އޮތްކަމަށް ކުރިން ބަޔަކު ކީނަމަވެސް އެ ޕާޓިއަށް އޭދަފުށިން ލިބޭނެކަމަށް ގަބޫލުކުރެވެނީ ގިނަވެގެން 150 ވޯޓްކަމަށާ، ގައުމާއިގެން ކުރިޔަށް ކޯލިޝަނަށްވެސް އޭދަފުށިން ފަންސާހެއްހާ ވޯޓް ލިބޭނެކަމަށް ދެކޭކަމަށެވެ.

“ބައެއްމީހުން ބުނާ ވާހަކައެއް ޖޭޕީއަށް ހާދަތާއިދު ބޮޑޭ އޭދަފުށީގައި. އެއީ މުޅިން ކުއްހީހެއް. އެކަން އަޅުގަނޑުމެން ވަރަށްގާތުން ބަލައިފިން. ކުރީގެ ރިޔާސީ އިންތިހާބަށް ބެލީމަވެސް އެނގޭނެ ގާސިމްއަށް މިރަށުން 40 ވޯޓްވެސް ނުލިބޭކަން. އަނެއްކޮޅުން އެމްޑީޕީއަށްވެސް މިދިޔަ 2008ގެ އިންތިހާބުގައި ސީދާ ރައީސް ނަޝީދަށް އޭދަފުށިން ލިބުނީ 321 ވޯޓް. އެހެންވީމާ ހަގީގަތް އޮޅުވާލަންދެއްތޯ ބޮޑެތި އަދަތުތައް މިހާރު ކިޔަމުން އެދަނީ”

މުހައްމަދު ނަސީރު ބުނީ އޭދަފުށީގައި ޕީޕީއެމްގެ ކެންޕޭން ހަރަކާތްތައް ފެށުން ލަސްނުވިނަމަ ޖޭޕީއަށް އޭދަފުށިން ލިބޭނީ ސުމެއްކަމަށާ، އެހެންނަމަވެސް މިހާރު އޭދަފުށީގެ ކޮންޓްރޯލް ޕީޕީއެމަށް ލިބިފައިވުމުން އިތުރުވޯޓް ޔާމީނަށް ހޯދޭނެކަމަށެވެ.

2008ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި، ދެވަނަ ބުރުގައި ރައީސް މައުމޫން އަބްދުލްޤައްޔޫމް ރައީސްކަމަށް ކުރިމަތިލެއްވި އޭރުގެ ޑީއާރުޕީއަށް އޭދަފުށިން 61 އިންސައްތައިގެ ތާއީދެއް ލިބިފައިވެ އެވެ. އެއީ ފުރަތަމަބުރުގައި 796 ވޯޓް އަދި ދެވަނަ ބުރުގައި 784 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. Ahmed Rasheed/ Seetmaage - Baa. Eydhafushi

    ކަމުގެ ޙަޤީޤަތް ހާމަކޮށްދިނުމުގެ ގޮތުން އީޓީ ގައި ލިޔާ ކޮމެންޓްތައް “ޑިލީޓް” ކުރާތީ އެކަން ކުއްވެރިކުރަން. ޒިންމާދާރު ނޫސްވެރިކަމަށް އަބަދުވެސް ތާޢިދު ކުރާނަން.

    ރައްދު
  2. އަބްދުﷲ

    ނަސީރު ނުލިބޭނެ ކަށަވަރު ނުލިބޭނެކަން މިފަހަރު އޭދަފުށިން އެންމެ ގިނައިން ވޯޓުނަގާ ޕާޓީއަށްވެސް ލިބޭނީ 40 އާއި 50 ޕަސެންޓާއި ދެމެދު.

    ރައްދު
  3. Ahmed Rasheed/ Seetmaage - Baa. Eydhafushi

    މުޙައްމަދު ނަޞީރު ކަހަލަ ތަންދޮރު އޮޅުންފިލާ އޭދަފުށީގެ ރައްޔިތަކު ތިމޭރުމުން ވާހަކަ ދެއްކެވީތީ ނުހަނު ލަދުވެތިވެ ހިތާމަކުރަން. ސިޔާސީ މައިދާނަށް ނުކުންނެވިޔަސް ޙަޤީޤަތް އޮޅުވާނުލައްވާ. ދޮގުވާހަކަތަށް ފަތުރަމުންދާ ލިސްޓުގައި މުޙައްމަދު ނަޞީރުގެ ނަން ހިމެނުމުގެ ފުރުޞަތު ނުދެއްވާ. މުޙައްމަދު ނަޞީރުގެ ލޮބުވެތި ބައްޕަ (އަލް މަރްޙޫމް ތުއްތު މަނިކު) އާއި މުޙައްމަދު ނަޞީރަކީ އަޅުގަނޑު ވަރަށް އިޙުތިރާމު ކުރި ދެ މުދައްރިސުން. ވީމާ ދަރިވަރެއްގެ ޙައިޞިއްޔަތުން އަޅުގަނޑު އެދެނީ، ކަމުގެ އަސްލު ޙަޤީޤަތް މީޑިޔާއަށް ހާމަކޮށްދެއްވުމަށް. އަސްލު ޙަޤީޤަތަކީ އޭދަފުށީގެ މެޖޯރިޓީ މިހާރު އޮތީ އެމްޑީޕީ ގެ ފަހަތުގަ، އަދި އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާގަވެސް އެކަން ދެމި އޮންނާނީ ހަމަ އެގޮތަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.