ޕީޕީއެމުން ކެމްޕޭން ޖަލްސާއެއް ރޭ ބާއްވައިފި

ޕީޕީއެމުން ރޭ އޭދަފުށީގަިއ ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން
ޕީޕީއެމުން ރޭ އޭދަފުށީގަިއ ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން

 

ޕީޕީއެމް އިން ރިޔާސީ ރޭހުގެ ކެމްޕޭން ޖަލްސާއެއް ބ. އޭދަފުށީގައި ރޭ ބާއްވައިފި އެވެ.

ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ސަޕޯޓަރުންނާއި ބައްދަލުކުރުމަށް ބޭއްވި ހަރަކާތުގައި ބ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާންގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުވެސް ވާހަކަ ދެއްކެވި އެވެ.

އޭދަފުށީ “މާބަގީޗާގޭ” ކަންމައްޗަށް ވާގޮތަށް ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެމްޑީޕީން ގައުމު އިސްލާހުކުރާ ބަޔެކޭ ކިޔާފައި ކުރީ ފަސާދަ ކަމަށާއި މިއަދު މުޅި ގައުމުގެ އަބުރާ އިއްޒަތް ނަގާލާފައިވާ ކަމަށެވެ.

“އަޅުގަނޑުމެންވެސް މިރަށަށް އެރިއިރު ގޮވާ ފަހަތުން ބާޣީންނޭ. މީ ކުރީގަ އަޅުގަނޑުމެންނަށް މިރަށުން ފެނުނު މަންޒަރެއް ނޫން. ހުދު އޭދަފުށިންވެސް ފެނުނު މަންޒަރެއް ނޫން،” ސަލީމު ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިގައުމަށް މިހާރު ދިމާވެފައި މިއޮތް މުސީބާތްތަކުން ސަލާމަތްކުރެވޭނީ ކިހާ ފެންވަރެއްގެ މީހަކަށްތޯ ވެރިއަކު އަންޔަން ކުރާއިރު ވިސްނާލަން ޖެހޭ ކަމަށެވެ.

“މިއަދު މި ގައުމު މިއޮތީ ދަރަނިވެރިވެފައި. މިއަދު ގައުމު ނެތް ސަލާމަތްވާކަށެއް. 32 މިލިއަން ޔުފިޔާއަށް ރައީސް ނަޝީދުގެ ތިން އަހަރުދުވަހުގެ ތެރޭގައި ދިވެހި ދައުލަތްވަނީ ދަރާފައި. އޭގެ ތެރެއިން މިހާރު އޮޑިޓް ރިޕޯޓްތަކުން ދައްކާގޮތުން 4.7 ބިލިއަން ރުފިޔާ ވީގޮތެއް ނޭނގި ވަގަށް ނަގާފައިވެއްޖެ. މިފައިސާ ވީތަނެއް ނޭނގެ. މިހާރު ފޮތިދަމާ ހުރިހާ ކަމެއް މިކުރަނީ މި ފައިސާއިން ކަަމަށް ވެދާނެ” ސަލީމް ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ މި ވަގުތަކީ ގައުމަށް ދިމާވެފައިއޮތް އެންމެ އިގްތިސާދީ މައްސަލަތައް ބޮޑުވެފައިވާ ވަގުތުކަމަށާއި، އެހެންކަމުން ގައުމަށް މިވަގުތު ބޭނުންވަނީ “އިގްތިސާދީ މާހިރެއް” ކަމަށެވެ. އަދި މި ގައުމުގައި ހުރި އެންމެ ބޮޑު އިގްތިސާދީ މާހިރަކީ އަބްދުﷲ ޔާމީން ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

“ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް ޔާމީންގެ ދުޝްމަނުންވެސް ހުދު ކެނެރީގެ ނަޝީދުވެސް ގަބޫލުކުރޭ އަބްދުﷲ ޔާމީނަކީ ގައުމުގައި ހުރި ހަމައެކަނި އިގްތިސާދީ މާހިރުކަން. ގައުމު މިއޮތް ފުން ވަޅުގަނޑުން ނެގޭނެ މީހަކީ ހަމައެކަނި ޔާމީންކަން ދުޝްމަނުންވެސް ގަބޫލުކުރޭ. ހަގީގަތް އެމީހުން ހާމަކުރަން ބޭނުންނުވަނީ،” ސަލީމު ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ދޭ ވޮތްގައި އަންނަ ބަލިވެގެންދާނީ ރައްޔުތުންގެ ކުރިމަތީގައި ކަމަށާއި، އަދި ބޭރުރުގެ

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ނަޝީދުގެ ސަބަބުން ރާއްޖޭ އާއި ރާއްޖެއިން ބޭރުގައިވެސް ދިވެހިންގެ އަގާއި އިހްތިރާމު މިހާރު ގެއްލިފައިވާ ކަމަށާއި އަވައްޓެރި އިންޑިޔާ އާއި އަޅުގަނޑުމެންނާ ޖެހުނު މައްސަލައިގެ އަސްލަކީވެސް ނަޝީދު ކަމަށެވެ.

އަދި ވިދާޅުވީ ދެން މިގައުމުގައި ނަޝީދަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދޭކަމަށާއި އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ދޭ ވޯޓްގައި ނަޝީދު ބަލިވެގެންދާނީ ރައްޔިތުންގެ ކުރިމަތީގައި ކަމަށެވެ. އަދި މިފަހަރު މި އިންތިހާބުގައި އެންމެކުރިން ނަތީޖާލިބި، އެންމެ ކުރީގައި އޮންނާނީ ޕީޕީއެމް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

“އިރާދަކުރެއްވިޔާ އެކަން އޮތީ އެގޮތަށް. އެއީ އަޅުގަނޑުމެން މިދިޔަ ރަށްރަށުން މި ފެނިގެންދިޔަ ތަރުހީބާއި އަދި މާލެއިން އިން އެތައް ހާސް ޒުވާނުން އަޅުގަނޑުމެންނާއެކު މިއަދު މަސައްކަތުގެ މައިދާނަށް ނުކުމެ ތިބީމަ، އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ކެމްޕޭން އޮފީހުން ބުނިގޮތުގައި ރޭ ގެ ޖަލްސާގައި 200 އެއްހާ މީހުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަބްދުﷲ

    އޭދަފުށި މިހާރުވަނީ ބަދަލުވެފަ ސަލީމް ކިތައްމެ ވަރަކަށް ނާރު ފުއްޕާފަ ހަޅޭލެވިއަސް އެއްބުރުން އިންތިހާބު ކާމިޔާބުކުރާނީ އެމް ޑި ޕީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.