ނަޝީދަށް ކެމްޕޭން ކުރުމަށް ތަސްމީން ބ. އަތޮޅުގައި

ތަސްމީން އެމްޑީޕީގެ ކެމްޕޭންގައި ބ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން ނަޝީދާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --ފޮޓޯ ހަވީރު އޮންލައިން
ތަސްމީން އެމްޑީޕީގެ ކެމްޕޭންގައި ބ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން ނަޝީދާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ –ފޮޓޯ ހަވީރު އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ތާއީދު އިތުރު ކުރަމަށް މިހާރު ކުރިޔަށްދާ “ބާރަށް ކުރިއަށް” ކެމްޕެއިންގައި ޑީއާރޕީގެ ލީޑަރު މިއަތޮޅު ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން ޢަލީ މިވަގުތު ހަރަކާތްތެރިވެވަޑައިގަންނަވަނީ ބ. އަތޮޅުގަ އެވެ.

މިއަދު މެންދުރުފަހު ތަސްމީން ބ. އަތޮޅަށް ފެއްޓެވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ކެންދޫއަށެވެ.  އެމަނިކުފާނުން ކެންދޫއަށް ވަޑައިގެންނެވިއިރު މޫސުމް ގޯސްކަމުގައި ވީ ނަމަވެސް ކެންދޫގެ ޑީއާރުޕީ އަދި އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން ތަސްމީނަށް ވަރަށް ކުލަގަދަ މަރުޙަބާއެއްވަނީ ދަންނަވާފައެވެ.

ކެންދޫއަށްފަހު އެމަނިކުފާނު މިރޭ ދަރަވަންދުއަށް ޒިޔާރަތްކުރައްވާވަގުތަށް އެރަށްވެސް ވަނީ މަރަޙަބާ ދެންނެވުމަށް ތައްޔާރުވެ، އަދި މިރޭ ކަންމަތީ ބައްދަލުވުން ބޭއްވުމަށް ވެސް ދަނީ ތައްޔާރީތައް ވަމުންނެވެ.

ބ. އަތޮޅުގައި މާދަމާގެ ހަވީރާ ހިސާބަށް ކެމްޕެއިން ހަރަކާތުގައި އުޅުއްވުމަށްފަހު ތަސްމީނު ދެން ވަޑައިގަންނަވާނީ ށ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.

ބ. އަތޮޅުގައި “ބާރަށް ކުރިއަށް” ދާ މި ދަތުރުފުޅުގައި ތަސްމީނުގެ އަރިއަހުގައި ބ. އަތޮޅުގެ އެމްޑީޕީގެ ކެމްޕެއިން ކޯޑިނޭޓާރ ޢަހްމަދު ނަސީމާއި އަލީ ފާއިޒާއި އަދި ބ. އަތޮޅުގެ އެމްޑީޕީގެ ބައެއް ކެމްޕެއިން އޭޖެންޓުން ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ސަރީފް

    ހަދާންކޮށް ވޯޓްހޯދާށޭ ކިޔާފަ އޭދަފުއްޓަށް ނާރާތި ، ތަސްމީނަކަށް އޭދަފުއްޓަކުން ސަޕޯޓެއް ނެތް ލިބޭނީ ރައްޔިތުން ހަޑި ހުުތުރުބަސްތައް ރަގަޅުވާނީ މިރަށަށް ނޭރިއްޔާ….. ޑީ.އާރު.ޕީ މެމްބަރުންނަށް ބޭވަފާތެރިވީ ހަމަ ކަލޭ ، ކަލޭގެ އަމިއްލަ އެދުން ގަނޑެއްގެ އޮވެގެން ، ވިސްނުމެއް ނެތި ކޮށްފިކަމަކުން އެންމެ ފަހަރަކު ދޭހުގައި ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހޭ މުޅި އުމުރުގާ – 2 ވަނަ ބުރު ނިމޭއިރު ކަރުނަ އޮއްސަ އޮއްސަ ހުންނަން ޖެހޭނީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.