ދެތިން ދުވަހުގެތެރޭ ބޮޑު އީދު މުބާރާތަށް ޓީމުތަކަށް ދައުވަތު ދޭނަން: ބައްޓޭ

މިދިޔަ އަހަރުގެ ބޮޑު އީދު މުބާރާތުގެ ތެރެއިން. -- ފައިލް ފޮޓޯ
މިދިޔަ އަހަރުގެ ބޮޑު އީދު މުބާރާތުގެ ތެރެއިން. — ފައިލް ފޮޓޯ

 

ބ. އޭދަފުށީގައި މި ފަހަރުގެ ބޮޑުއީދުގައި ބާއްވާ ފުޓުބޯޅަ މުބާރާތުގެ ދައުވަތު ކުރިއަށް އޮތް ދެތިން ދުވަހުގެރޭ ޓީމުތަކަށް ދޭނެ ކަމަށް މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށްއުޅޭ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ބުނެފި އެވެ.

ބައްޓޭ ބުނީ، މުބާރާތް ބޭއްވުމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށާއި ކުރިން ހަޓީމަށް ދައުވަތުދޭގޮތަށް އޮންނަމަވެސް އިތުރު ޓީމުތަކަށް ދައުވަތު ދިނުމަށް ވިސްނަމުންދާ ކަމަށެވެ.

ބައްޓޭ ބުނީ މުބާރާތާގެ ޗެމްޕިއަންޓީމަށް މިފަހަރު 20،000ރ އާއި 80،000ރ އާ ދެމެދުގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބ. އަތޮޅުގެ ކުރީގެ އަތޮޅުވެރިއެއް ކަމަށްވާ މަރްހޫމް އިސްމާއިލް ކަލޭގެފާނުގެ ހަނދާނުގައި ބާއްވާ ފުޓްބޯޅަ މުބާރާތުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ މަޝްހޫރު ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން ފެނިގެންދެ އެވެ.

އަށްޑިހައިގެ އަހަރުތަކުގެ ފަހުކޮޅާއި 90ގެ ކުރީ ކޮޅު ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުން ފާހަގަ ކުރެވުނު އޭދަފުށިން ވަނީ ރާއްޖޭގެ މަޝްހޫރު އެތައް ކުޅުންތެރިންނަށް އުފެދިފަ އެވެ. އޭގެ ތެރޭގައި މުހައްމަދު ޖަމީލާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަހުމަދު ޝާފިއު (ޝާފީ) އަދި އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ. އޭދަފުށި ފުރަތަމަ ޑިވިޝަނުން ކެޓީ 1992 ވަނަ އަހަރު މަޝްހޫރު ހުއްރިއްޔާ އަތުން ބަލިވެގެންނެވެ. އެ ރަށުގެ ޓީމު ވަނީ ކުރިން އެއް ފަހަރު ގައުމީ މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Rashyd Seet

    އޭދަފުށީގެ ފުޓްބޯޅަ ޙަޔާތަށް އެޅިފައިވާ ހިޔަނިން، އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިން މިނިވަންކޮށް، ކުރިއެކޭ އެއްފަދައިން، އޭދަފުށީގެ ޖޯޝުގައި ފުޓްބޯޅަ ޓީމެއް ރާއްޖޭގެ ފުޓްބޯޅައިގެ މައިދާނުގައި ފައިތިލަ ސާބިތުކުރާ މަންޒަރު ފެންނާނެބާ؟

    ރައްދު
  2. fathimath rasheedha

    ޓީމްތަކަށް ހުޅައަޅާ ފައިސާ ލިބޭބާ. ބައްޓޭ އިންތިޒާމްކުރާ މުބާރާތްތަކުން ބައިވެރިވާ ޓީމްތަކުން ފައިސާ ނުލިބޭ މައްސަަލަ ފެންމަތިވާ ވާހަކަ ދައްކާވިއްޔާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.