ސިޔާސީ ކެމްޕޭންތަކުގެ ނޭދެވޭ އަސަރު ކުދިންގެ ކިޔެވުމަށް!

ބއތމގެ ދަރިވަރުންތަކެއް. ޕާޓީތަކުގެ ކެމްޕޭން ޖަގަހަތަކުން ޖަހާ ލަވަތަކުގެ އަޑު ގަދަކަމުން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަމަށް ސްކޫލުން ބުނޭ-- އީޓީ ފޮޓޯ
ބއތމގެ ދަރިވަރުންތަކެއް. ޕާޓީތަކުގެ ކެމްޕޭން ޖަގަހަތަކުން ޖަހާ ލަވަތަކުގެ އަޑު ގަދަކަމުން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަމަށް ސްކޫލުން ބުނޭ– އީޓީ ފޮޓޯ

 

ރިޔާސީ އިންތިހާބަށް ކެމްޕޭންކުރުމުގެ ގޮތުން ސިޔާސީ ޕާޓިތަކުންނާއި އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ފަރާތްތަކުން އޭދަފުށީގެ އެކި ސަރަހައްދުތަކުގައި ހަދައިފައިވާ ކެމްޕޭން ޖަގަހަތަކުން ސްކޫލުގެ ކިޔެވުން ހިނގަމުންދާ ވަގުތު އަޑުގަދަކޮށް ލަވަޖަހެމުގެ ސަބަބުން ކިޔަވާ ކުދިންނަށް އުނދަގޫވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަދު ނެރުނު އިލްތިމާސް އެއްގައިވާ ގޮތުގައި މި ދުވަސްވަރަކީ ދަރިވަރުން ކެމްބްރިޖް އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުންދާ ދުވަސްވަރުކަމަށް ވުމުން ޖަގަހަތަކުންނާއި އާއްމު ބައެއް ފަރާތްތަކުން އެގޮތަށް އަޑުގަދަކޮށް ލަވަޖެހުމުގެ ސަބަބުން ދަރިވަރުންނަށް ފިލާވަޅު ދަސްކުރަން ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ.

އަދި އަންނަ ހަފްތާއަކީ އޯލެވެލް އިމްތިހާން ފެށޭ ހަފްތާއަށް ވީހިނދު، މި އިންތިހާބުގައި ތާއީދު ހޯދުމުގެ ގޮތުން މިފަދަ ފަރާތްތަކުން ކުރައްވާ މިފަދަ ކަންކަމުގެ ސަބަބުން ކިޔަވާ ކުދިންގެ ކިޔެވުމަށް ބުރޫއަރާނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ތައުލީމީ މަރުކަޒުން އިލްތިމާސްކޮށްފައިވެ އެވެ.

މި ހަފްތާ ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރުކޮޅާ ދިމާކޮށް ކެމްޕޭން ޖަގަހަތަކުންދަނީ އަޑުގަދަކުރާ ބޭނުންކޮށްގެން ލަވަ ޖަހަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. jeri

    ކިޔެވުމުގެ ފުރުޞަތު ކުދިންނަށް ދޭކަށް ސިޔާސީ ޕާޓީތަކަކުން ބޭނުމެއްނުވޭ. ބޭޏުންވަނީ ކޮންމެ ކުއްޖަކަށްވެސް 18 އަހަރުވޭތޯ ބެލުން. ބޭނުމަކީ އެކުދިންގެ ވޯޓް ހޯދުން، ބޭނުންވަނީ ކިޔެވިޔަނުދީ ސިޔާސީ ކަންކަމުގައި އެކުދިން ބައިވެރިކުރުވުން، އާޚިރުގައި މިއީ އެކުދިންނަށްދެވޭ ހިތި ޒަހަރެއްކަން ޔަޤީން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.