ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި، މަތީ ސާނަވީން މިދިޔަ އަހަރު އެއްވަނަ އަށް ހޮވުނު އާއިޝަތު އަމާނީ (ކ) އާއި ސާނަވީން އެއް ވަނަ އަށް ހޮވުނު ޝަފްނާ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި، މަތީ ސާނަވީން މިދިޔަ އަހަރު އެއްވަނަ އަށް ހޮވުނު އާއިޝަތު އަމާނީ (ކ) އާއި ސާނަވީން އެއް ވަނަ އަށް ހޮވުނު ޝަފްނާ.

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ އެވެ.

ތައުލީމީ މަރުކަޒުގެ ހޯލުގައި ބާއްވާ މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވާނީ އެޑިޔުކޭޝަން މިނިސްޓަރ ޑރ އަހްމަދު އާސިމް އެވެ.

ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާގައި ޖުމްލަ 147 ދަރިވަރުންނަށް އިނާމު ދޭނެ ކަމަށް އެ ސްކޫލުން ބުނެ އެވެ. އޭގެ ތެރޭގައި އަހަރުގެ އެންމެ މޮޅު އޯލެވެވް އަދި އޭލެވެލް ދަރިވަރުގެ އިތުރަށް ނެޝަނަލް އެވޯޑް ހޯދި ކުދިންނަށާއި އޯލެވެލް އާއި އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ގްރޭޑް 6 ން މަތީގެ ކުލާސްތަކުން ތަފާތު ވަނަތަކަށް ހޮވުނު ކުދިންނަށް ވެސް އިނާމު ދޭނެ އެވެ.

މިދިޔަ އަހަރު ބޭއްވި 2011 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ޝަފްނާ ހުސައިން އާއި އާއިޝަތު އަމާނީ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.