
ގްރޭޑް 10 ނިންމާ ދަރިވަރުންގެ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނު މިއަދު ފަށައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން ބުނީ މި އަހަރުގެ އޯލެވެލްގައި މުޅި ރާއްޖެއިން 8،280 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
އޯލެވެލްގެ އެސްއެސްއީ އިމްތިހާނުގައި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވަނީ އިސްލާމް ޓެސްޓްގެ ޕޭޕަރު ދޭކެވެ. އަދި މާދަމާ ދިވެހި ޓެސްޓު ނަގާއިރު އަންގާރަ ދުވަހުން ފެށިގެން އޯލެވެލްގެ މާއްދާތަކުގެ ޓެސްޓު ނަގަން ފަށާނެ އެވެ. އިމްތިހާން ނިމޭނީ ނޮވެމްބަރު 19 ގަ އެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން 65 ދަރިވަރުން ބައިވެރިވެފައިވެ އެވެ.