
ބ. އަތޮޅު ތައުލީމީ މަރުކަޒަށް ޑެޕިއުޓީ ޕްރިންސިޕަލުން ބޭނުންވެގެން އެ ސްކުލުން އިއުލާންކޮށްފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ނެރުނު އިއުލާނެއްގައި އެ މަރުކަޒުގެ އެކަޑަމިކް ސެކްޝަނުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވަނީ ޓީޗިން ސާވިސް އޮފިސަރުގެ ޝަރުތު ހަމަވުމާއެކު ލީޑިން ޓީޗަރެއްގެ މަގާމުގައި މަދުވެގެން ދެ އަހަރު އުޅެ ތަޖްރިބާ ލިބިފައިވުމާއެކު ސްކޫލު ހިންގުމުގެ ދާއިރާއިން އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެމަތީ ފާހެއް ހާސިލްކޮށްފައި ވުމުގެ އިތުރަށް، ކިޔަވައިދިނުމުގެ ދާއިރާގައި 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 9 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ.
ހަތްސަތޭކައެއްހާ ކުދިން މިހާރު ކިޔަވަމުންދާ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޕްރިންސިޕަލަކާއި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ތިއްބަވަ އެވެ.