އަންނަ އަހަރު ވިލާ ކޮލެޖުން ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖްގެ ދަރިވަރުންތަކެއް އެ ކޮލެޖްގެ ގްރެޖުއޭޝަންގައި. އެތަނުގައި އަންނަ ޖެނުއަރީމަހު ފަށާ ކޯސްތަކަށް ވަނީ ފުރުސަތު ހުޅުވާލައިފައި-- ހަވީރު ފޮޓޯ
ވިލާ ކޮލެޖްގެ ދަރިވަރުންތަކެއް އެ ކޮލެޖްގެ ގްރެޖުއޭޝަންގައި. އެތަނުގައި އަންނަ ޖެނުއަރީމަހު ފަށާ ކޯސްތަކަށް ވަނީ ފުރުސަތު ހުޅުވާލައިފައި– ހަވީރު ފޮޓޯ

 

އަންނަ އަހަރުގެ ޖެނުއަރީ މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ބުނީ ތަފާތު 6 ދާއިރާއަކުން އަންނަ އަހަރު ކޯސްތައް ކުރިއަށް ގެންދާއިރު ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު 1 އާ ހަމައަށް އޮންނާނެ ކަމަށެވެ.

އަންނަ އަހަރު ވިލާ ކޮލެޖުން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ޓީޗިން އާއި އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަނާއި ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ކޯސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވެ އެވެ. އޭގެ އިތުރުން ހިއުމަން ރިސޯސް މެނޭޖްމެންޓާއި އެކައުންޓިން ދާއިރާގެ ކޯސްތައް އޭސީސީއޭގެ ކޯސްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވެ އެވެ. އެގޮތުން ޖުމްލަ 31 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

 ވިލާ ކޮލެޖުން ބުނިގޮތުން އަންނަ އަހަރު އެތަނުން މާސްޓާސް ފެންވަރުގެ ހަތަރު ކޯހަކާއި ބެޗްލާސް ޑިގްރީގެ ދިހަ ކޯހަކާއި ފައުންޑޭޝަނުގެ ނުވަ ކޯހުގެ އިތުރުން ސެޓްފިކެޓް ލެވެލް ތިނެއްގެ ހަ ކޯހެއް ކުރިއަށް ގެންދާނެ އެވެ. މި ކޯސްތަކަށް ވަނުމަށް ދޫކުރާ އެޕްލިކޭޝަން ފޯމު އެ ކޮލެޖުން ލިބެން ހުންނާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގެ އިތުރުން އަތޮޅުތެރޭގައި ހުޅުފައިވާ ކެމްޕަސްތަކުގައިވެސް އަންނަ އަހަރުގެ ޖެނުއަރީމަހު ތަފާތު ކޯސްތައް ފެށުމަށްހަމަޖެހިފައިވާ ކަމަށާއި އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.