
ބޮޑު އީދު ބަންދާ ދިމާކޮށް އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ދައުވަތު ލިބިފައިވިޔަސް އެ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ސީސީ ސްޕޯޓްސް އިން ބައިވެރިވެފައިނުވާ ކަމަށް މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނެފި އެވެ.
މުބާރާތުގެ ޗީފް ކޯޑިނޭޓަރު އަލީ ޝަކީބު ބުނީ، މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މިދިޔަ އަހަރު ބައިވެރިވި ހުރިހާ ޓީމުތަކަށްވެސް ދީފައިވާނެ ކަމަށާއި، ނަމަވެސް މުއްދަތު ހަމަވިއިރު ސީސީ ފިޔަވައި އެހެން ހުރިހާ ޓީމުތަކުން ދައުވަތު ގަބޫލުކޮށް މުބާރާތުގައި ބައިވެރިވެފައިވާ ކަަމަށެވެ.
“އެ ޓީމުން (ސީސީ) ފަރުވާ ކުޑަކުރުމުގެ ސަބަބުން ބައިވެރިނުވެވުނީ، ޑެޑްލައިން ހަމަވިއިރުވެސް ދައުވަތު ގަބޫލުކޮށް ޓީމު ރަޖިސްޓްރީ ނުކުރޭ”
މިކަމާގުޅޭގޮތުން ސީސީގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ފާސިރު ބުނީ މުބާރާތުގައި “ބައިވެރިނުވީކީ ނޫން” ކަމަށާއި މުބާރާތް އިންތިޒާމުކުރާ ފަރާތާ މުއާމަލާތްކުރުމުގައި އެރި އޮޅުމެއްގެ ސަބަބުން ބައިވެރި ނުވެވުނީ ކަމަށެވެ.
“ޑެޑްލައިން ހަމަވިކަންވެސް ނޭނގުނީ، ދައުވަތު ލިބުނީ މިމަހު ހަތަރުވަނަ ދުވަހު، ޑެޑްލައިން އެއީ އޭގެ އަނެއްދުވަސް، ޑެޑްލައިން ހަމަވިއިރުވެސް މުބާރާތުގެ ގަވައިދު ނުލިބޭ. އެކަމު އިންތިޒާމުކުރާ ފަރާތުން ބުނި މިފަހަރު ކަންތައްތައް ދިމާވިގޮތުން ހުރިހާ ޓީމުތަކަށްވެސް ފުރުސަތު ދޭނަމޭ. ސީސީން ވެސް ފަރުވާ ކުޑަ ކުރެވުނީ، އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން ދެއްކި ވާހަތައްވެސް ދިމާނުވޭ،” ފާސިރު ބުންޏެވެ.
މި މުބާރާތުގެ ގުރުލުން ރޭ ނަސަންދުރާގައި ވަނީ ބާއްވައިފަ އެވެ. މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރ 11 ން 18 ގެ ނިޔަލަށް އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.
ސިޔާސީޕާޓީއެއްގެ ކުލަވަރު ޖެހުނީމަ ވާނީ ތިހެން
އިންތިޒާމް ކުރާ ފަރާތް ތަކަށް ހަޖަމް ނުވީ އަސްލު
ވަރަށް ކަޑަ ސީސީ ބައިވެރި ނުވާތީ.
ސީސީގަ މޑޕ އަށް ސަޕޯޓްކުރާމީހުން ތިބީމަ އިންތިޒާމް ކުރާ ފަރާތް ތަކަށް ހަޖަމް ނުވީ އަސްލު !! ސީސީ އާ ވ ޖެހިލުންވޭ އިންތިޒާމް ކުރާ ފަރާތުން …. ސީސީ ހަމަ ރޮކްސް… ނަންބަރ ވަން އިން އޭދަފުށި !!!
ފާއްޓޭމެން ޕޯޑިއަމްތަކަށް އަރާ މޮޅު ވާހަކަ ދައްކަން ވަގުތުވޭ. ވަރަށް ކަޑަ ސީސީ ބައިވެރި ނުވާތީ. – ސީސީ ފޭން –
ކީއްވެބާ ދެން އެހެން ޓީމުތަކަށް ބައިވެރި ވެވުނީ.. ހަމަ ފާއްޓެމެން ފަރުވާ ކުޑަކޮށްލީ ތިހަމަ
ތިކަންވެސް އެއްބުރުން ނިއްމާލަންވީ
ފާއްޓޭ ތިބު ނީ ހަމަ ރަނގަޅަށް. އަޅުގަނޑުމެންވެސް އެބޭފުޅުން ނަށް ގުޅާ ގުޅާ ވަރުބަލި ވި
މުބާތްއިންތިޒާމްކުރި މީހުން ދުވާލުދާހަތަރު ކުރިކަމަކީ ސީސީއަށް ގުޅުން، މުބާރާތުގައި ބައިވެރިނުވެގެން.. ސިޔާސީޕާޓީއެއްގެ ކުލަވަރު ޖެހުނީމަ ވާނީ ތިހެން.
ފާއްޓޭ ތިބު ނީ ހަމަ ރަނގަޅަށް. އަޅުގަނޑުމެންވެސް އެބޭފުޅުން ނަށް ގުޅާ ގުޅާ ވަރުބަލި ވި ފަހުން އެއިންމީހަކާ ދިމަޥި. ފޯނު އޮންނަނީ ނިވާލާފަ.