އޭދަފުށީގައި އަޟްހާ އީދު ނަމާދު ފުޓްބޯޅަ ދަނޑުގައި

އޭދަފުށީ ފުޓް ބޭއްވި ކުޅިވަރު އިވެންޓެއް: ބޮޑުއީދު ނަމާދު ފުޓްބޯޅަ ދަނޑޫގައި ކުރަން ވަނީ ނިންމާފައި / ފައިލް ފޮޓޯ
އޭދަފުށީ ފުޓް ބޯޅަ ދަނޑުގައި ބޭއްވި ކުޅިވަރު އިވެންޓެއް: ބޮޑުއީދު ނަމާދު ފުޓްބޯޅަ ދަނޑޫގައި ކުރަން ވަނީ ނިންމާފައި / ފައިލް ފޮޓޯ

 

ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ، އަޟްހާ އީދު ނަމާދު ކުރުމުގެ ގޮތުން އޭދަފުށީގައި އަޟްހާ އީދު ނަމާދު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އެތަނުގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖެއްސީ އޭދަފުށީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލަބް ދަ ބިގިނާސް އާއި އޭދަފުށީ ކައުންސިލް ގުޅިގެންނެވެ.

އެޖަމިއްޔާގެ ރައީސް އަލީ ޝަފީގު ވިދާޅުވީ ފުޓްބޯޅަ ދަނޑުގައި އަޟްހާ އީދު ނަމާދު ކުރާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން، މިރަށުގައި މީގެ ކުރިން އީދު ނަމާދު ކުރާ ދެ މިސްކިތުގައިވެސް މިފަހަރު އަޟްހާ އީދު ނަމާދު ނުކުރާނެ ކަމަށެވެ.

އަލީ ޝަފީގު ވިދާޅުވީ ކައުންސިލާއި އެ ޖަމިއްޔާ އާއި ވާހަކަ ދައްކައިގެން އެގޮތަށް ނިންމީ ވީހާ ވެސް ގިނަ ބަޔަކު އެއް މައިނަދާކަށް ޖަމާވެ، އަޟްހާ އީދު ނަމާދު މި ފަހަރު ކުރާ ގޮތަށް ނިންމުމާ ގުޅިގެން ކަމަށެވެ.

“މިއީ ވަރަށް މާތް މަގުސަދެއްގައި ކުރާ ކަމެއް. ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކު އެއް ތަނެއްގައި  އީދު ނަމާދުކޮށް ސަލާންގަލާންކޮށް ހަދައި އެއްބައިވަންތަކަން އާލާ ކުރުން. އަޅުގަނޑުމެން ލަފާ ކުރަނީ މަދުވެގެން 1500 އެއްހާ މީހުން ދަނޑުގައި އީދު ނަމާދު ކުރާނެ ކަމަށް. އެތަނުގައި އަޅުގަނޑުމެން ހަމަޖައްސާނަން އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ އިންތިޒާމްތައް ވެސް.” އަލީ ޝަފީގު ވިދާޅުވި އެވެ.

ދަ ބިގިނާސް އިން ބުނީ އީދު ނަމާދަށް ފުޓްބޯޅަ ދަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި މާދަމާ ލިބޭވަރުވާނެ ކަމަށާއި، އަދި އެ ސަރަހައްދުގައި ސަތަރި އަޅައި ގިނަ ބަޔަކަށް އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ދަ ބިގިނާސް އިން ބުންޏެވެ

ދަ ބިގިނާސް އިން ވަނީ ނަމާދަށް ފަހު ފިހިހިއްޕެވުމެއް ބޭއްވުމަށްޓަކައި އެ ކަންތައްތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެ ޖަމިއްޔާ އިން ބުނީ އެކަމާ ބެހޭ އިތުރު މައުލޫމާތު އެ ޖަމިއްޔާގެ ނައިބް ރައީސްގެ ނަމްބަރު 7784775 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

8 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.