
ބ. އޭދަފުށީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ފުޓްބޯޅަ ކުރިއެރުވުމުގެ މަގުސަދުގައި ކޮންމެ ބޮޑު އީދެއްގެ ބަންދާ ދިމާކޮށް ޒުވާނުންގެ ކްލަބުން އިންތިޒާމްކުރާ ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށައިފި އެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ގްރޫޕް އެކެއްގައި ކުޅުނު މެޗުގައި ނިއުޖެނެރޭޝަން އަތުން 2-0 އިން ސައިނޯސާ ވަނީ މޮޅުވެފައެވެ. މި މެޗުގައި ސައިނޯސާއިން ޖެހި ދެ ލަނޑުވެސް ޖަހައިފައިވަނީ ފުރަތަމަ ހާފުގައެވެ. މި މެޗުގައި ސައިނޯސާއަށް ލަނޑު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު އެވެ.
މި މުބާރާތުގެ ގުރޫޕް ދޭއްގައި މާދަމާ ހެނދުނު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސަންސެޓް ބީޗާއި ރުވާ ސްޕޯޓްސް އެވެ.
މި އަހަރު މުބާރާތުގައި 7 ޓީމު ވާދަކުރާއިރު، ސެމީ ފައިނަލަށް ހޮވޭނީ ދެ ގްރޫޕުންވެސް އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެވެ. އެންމެ ފަހުގެ ޗެމްޕިއަން ސީސީ ސްޕޯޓްސް މިއަހަރު މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.